ads
ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ޒީޝާން އައްޔޫބް އަދި ޝާރުކް ހާން
އެކްޓަރު ޒީޝާންގެ ފިލްމީ ހަޔާތް ސަލާމަތްކުރީ ޝާހުރުކް
ބޮލީވުޑްގެ އެކްޓަރު ޒީޝާން އައްޔޫބު، ފިމްމީ ދާއިރާގައި ކުރިމަތިވި ހިތްދަތިކަންތަކާ ގުޅިގެން އެކްޓިން ދޫކޮށްލަން ވިސްނި ދަނޑިވަޅެއްގައި، މަޝްހޫރު އެކްޓަރު ޝާހުރުކް ހާންގެ ސަބަބުން އުއްމީދު އާވި ކަމަށް އައްޔޫބު ބުނެފި އެވެ.
Advertisement

އޭނާ ބޭނުންވާ ފަދަ ރޯލުތަކެއް ނުލިބުމުގެ ސަބަބުން ވަރަށް ބޮޑަށް ހިތްހަމަނުޖެހި، މާޔޫސްވެފައި ހުރި ކަމަސް ޒީޝާން އައްޔޫބު ބުންޏެވެ.

މި ދަތި ދުވަސްވަރު ޒީޝާން އައްޔޫބު މަސައްކަތްކުރަމުން ދިޔައީ ބޮލީވުޑްގެ ސުޕަސްޓާރު ޝާރުކް ހާނާއެކު "ރައީސް" އަދި "ޒީރޯ" މި ދެ ފިލްމުގަ އެވެ. ޝޫޓިން ތެރޭގައި ޒީޝާންގެ ހިތްހަމަނުޖެހުމާއި މާޔޫސީކަން ޝާރުކްއަށް ފާހަގަ ވުމުން ޝާރުކް އޭނާއަށް ހިތްވަރުދީ، އޭނާގެ ހުނަރުގެ އަގު ވަޒަންކުރެވޭނެކަން ހަނދާންކޮށްދިން ކަމަށް އޭނާ ބުނެ އެވެ. އަދި ހިތްވަރު ދޫކޮށްނުލުމަށް ނަސޭހަތްތެރިވި ކަމަށް ވެސް އޭނާ ބުނެ އެވެ.

އެކްޓިންގެ ދާއިރާއާ ދުރުވެގަންނަން އޭނާ ކުރި ނިންމުން އަނބުރާލައި، އަލުން އުއްމީދާއެކު މަސައްކަތް ފެށި ކަމަށް ވެސް ޒީޝާން ބުނެ އެވެ. ޝާރުކްގެ ހިތްވަރުދިނުމުގެ ސަބަބުން ޒީޝާން އަށް ކުރިއަށް ދިއުމުގެ މަގު ފަހިވެގެން ދިޔަ ކަމަށް އޭނާ ބުނެ އެވެ. 

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް