ads
ޒަކާތުގެ ހައުސްގެ މުވައްޒަފުން ޒަކާތް ބެހުމުގައި
ޒަކާތު ފަނޑުން "އޮޅިގެން" ފައިސާ ދޫކޮށްފި
މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަނޑުން އޮޅިގެން މީހަކަށް އިތުރަށް ފައިސާ ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.
Advertisement

މިއީ، ކޮވިޑު ދުވަސްވަރު، ޒަކާތު ފަންޑުން މަތީ ތައުލީމު ފުރިހަމަ ކުރުމަށް ދިން ހާއްސަ އެހީއެއްގައި އޮޅިގެން އިތުރަށް ދެވުނު މައްސަލައެކެވެ. ކޮވިޑާ ގުޅިގެން ކިޔެވުން މެދުކެނޑުނު ދަރިވަރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، އިސްލާމިކް މިނިސްޓްރީން އިއުލާން ކުރި، "މަތީ ތައުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން ހާއްސަ އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު" ގެ ދަށުން އެންމެ ގިނަވެގެން ދޫކުރާ އަދަދަކަށް އޭރު އޮތީ 100،000 ރުފިޔާއެވެ. 

އެކަމަކު ފެންމަތިވެގެން އުޅޭ މައްސަލައިގައި، އަންހެން ދަރިވަރަކަސް އިތުރަށް 33،000 ރުފިޔާ ދޫކުރެވުނެވެ. އެކަން އިސްލާމިކް މިނިސްޓްރީއަށް އެނގުނީ ފައިސާ ލިބުނު އެހެން ދަރިވަރެއްގެ ފުށުންނެވެ.

އިތުރަށް ދެވުނު މި ފައިސާ އަނބުރާ ހޯދުމަށް، މިނިސްޓްރީން އެތައް ފަހަރަކު މަސައްކަތްކޮށްގެންވެސް ފައިސާ ނުލިބުމުން އެންމެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހެޅީއެވެ. ކޯޓުންވަނީ ހަތްފާއެއް ތެރޭ އެ ފައިސާ ދައްކަން އެ ދަރިވަރަށް އަންގާފައެވެ.

ކޮވިޑު ދުވަސްވަރު، އިންކަމް ސަޕޯޓް ފައިސާ އޮޅުވާލައިގެން ހޯދި މައްސަލަތައްވެސް ފެންމަތިވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް