މިނިސްޓަރު މިފަދައިން ވިދާޅުވީ ހުކުރު ދުވަހު ހަވީރު ރާއްޖޭގައި ކުރިއަށް ގެންދިޔަ، ގައްޒާގައި ހިންގަމުންދާ ގަތުލުއާންމު ހުއްޓާލުމަށް ގޮވާލާ ބޭއްވި ބޮޑު އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި އެއްވުމުގައި މިނިސްޓަރު ޝަހީމް ވަނީ ގައްޒާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލައި، ގައްޒާގެ ހިސާރު ނައްތާލުމަށް ގޮވާލައްވާފައެވެ. އަދި ބޯޑަރުތައް ހުޅުވާލައި، ގައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށްވެސް ގޮވާލައްވާފައެވެ.
ފަލަސްތީނަކީ ދިވެހި އުންމަތާ އަބަދުވެސް ވަރުގަދަ އުހުވަތްތެރިކަމުގެ ގުޅުމެއް އޮތް ގައުމެއް ކަމަށް ފާހަގަކުރައްވައި، ދިވެހިން މިއަދު އަޑުއުފުލަމުންދަނީ އެ ގައުމާއި ގައުމުގެ ރައްޔިތުންނާއި މަސްޖިދުލްއަގްސާ އަދި ގައްޒާގެ ދިފާއުގައި މަސައްކަތް ކުރާ މުޖާހިދުންނަށްޓަކައި ކަމަށްވެސް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;