
ފްލެޓް އެއްބަސްވުން ހެދުމަށް ހައުސިން މިނިސްޓްރީން އެ ކޯޕަރޭޝަނަށް ފޮނުވާފައިވަނީ 2،665 މީހުންގެ ނަށެވެ. މިހާތަނަށް ތާވަލު ކުރެވިފައިވަނީ 1،530 އެއްބަސްވުން ކަމަށް އެފްޑީސީން ބުންޏެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި މި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ބެލުމުގެ ދަށުންނެވެ. މި މަޝްރޫއުގައި ޖުމްލަ 32 ޓަވަރު ހިމެނޭއިރު، އޭގެ ތެރެއިން 16 ޓަވަރުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުނި އެންބީސީސީ އިން އަދި އަނެއް 16 ޓަވަރުގެ މަސައްކަތް ކުރަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑުންނެވެ. ކޮންމެ ކުންފުންޏަކުން ވެސް 2،000 ފްލެޓުގެ މަސައްކަތް ކުރިއަށް ގެންދެއެވެ.
ފްލެޓް ލިބޭ ފަރާތްތަކާއެކު އެއްބަސްވުން ހެދުމުގެ މަސައްކަތް އަވަސް ކުރުމަށް އެފްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ބާކީ ތިބި ފަރާތްތަކާއެކު އެއްބަސްވުން ހެދުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެ ކަމަށް އެފްޑީސީން ބުނެފައިވެއެވެ.