ads
ޒަކާތު ފަންޑުން ދޭ ސްކޮލަޝިޕް ލިބުނު މީހުންނާއިއެކު ނައިބު ރައީސް އަދި މިނިސްޓްރީގެ ވެރިން ފޮޓޯއަކަށް ހުއްޓިގެން - ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ޒަކާތު ފަންޑުން ދޭ ޒަކާތު ސްކޮލާޝިޕް 24 މީހަކަށް ދީ އެކަމުގެ ލިޔުން ހަވާލުކޮށްފި
ޒަކާތު ފަންޑުން އިސްލާމީ ދާއިރާތަކުން މަތީ ތައުލީމް ހާސިލްކުރުމަށްދޭ ސްކޮލާޝިޕް އަދި ހާއްސަ ސްކޮލާޝިޕް ލިބުނު ފަރާތްތަކަށް މިރޭ ލިޔުުން ހަވާލުކޮށްފި އެވެ.
Advertisement

މިނިސްޓްރީން މިރޭ ބުނީ މި ސްކޮލަޝިޕްތަކަށް ހުޅުވާލުމުން ޖުމްލަ 27 އެޕްލިކޭޝަނެއް ލިބުނު ކަމަށެވެ. އެއީ މަތީ ތައުލީމުގެ ހާސިލްކުރުމަށް ދޭ ސްކޮލަޝިޕަށް ހުށަހެޅި 18 އެޕްލިކޭޝަނާއި ހާއްސަ ސްކޮލަޝިޕަށް ހުށަހެޅި 9 އެޕްލިކޭޝަން ކަމަށް މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރެއިން 17 މީހަކަށް ފުލް ސްކޮލަޝިޕާއި ހަ މީހަކަށް ސްޓައިޕެންޑް އަދި އެކަކަށް ޓިއުޝަން ފީގެ ފުރުސަތު ލިބުނެވެ. ރާއްޖޭގެ އިތުރުން، މި ސްކޯލާޝިޕްގެ ދަށުން މިސްރާއި ބުރޫނާއީ އާއި މެލޭޝިއާ އާއި ސައޫދީ އަރަބިއްޔާއިން ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ދަރިވަރުންނަށް ލިބޭނެ ކަމަށް، މިނިސްޓްރީން މައުލޫމާތު ދެއެވެ.

މި ސްކޮލަރޝިޕް ލިބުނު ފަރާތްތަށް ކަނޑައަޅާފައިވަނީ އެކަމަށް ހާއްސަކޮށް ނަގާފައިވާ ގާބިލު ކޮމިޓީއަކުން ކަމަށް ޒަކާތު ފަންޑުން ވަނީ ބުނެފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި، މި ސްކޮލަޝިޕްގައި ދިނުމުގައި އިސްކަންދީފައި ވަނީ ފަގީރުންނާއި މީސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވެފައިވާ މީހުންނާއި މާލީ ފުދުންތެރިކަން ނެތް މީހުންނާއި ތައުލީމީ ފެންވަރު އަދި ގައުމަށް ހިދުމަތްކޮށްފައިވާ މިންވަރަށެވެ.

ހަތް އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ސްކޮލާޝިޕް ހަވާލުކޯށްފައިވާއިރު، އެންމެ ފަހުން ޒަކާތު ފަންޑުން ސްކޮލާޝިޕް ދީފައިވަނީ 2018ވަނަ އަހަރުގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް