ads
މަސްމާރުކޭޓް ސަރަހައްދުގައި އަޅާފައިވާ ބައެއް އުޅަނދުތައް
ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް ތަމްރީން ޕްރޮގްރާމެއް ފަށަނީ
ޒުވާނުން މަސްވެރިކަމަށް އަހުލުވެރިކުރުމަށް ފިޝަރީޒް މިނިސްޓްރީން ތިން މަސްދުވަހުގެ ހާއްސަ ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމައި، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
Advertisement

މި ޕްރޮގްރާމް ކުރިއަށްދާނީ މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. މިއީ ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓަރ އިން ސައުތް-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް" ޕްރޮޖެކްޓުގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ.

ފިޝަރީޒް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕްރޮގްރާމްގެ ބައިވެރިންނަށް މަސްވެރިކަމާ ގުޅޭ ފަންނީ މައުލޫމާތު ދިނުމުގެ އިތުރުން، އަމަލީ ގޮތުން މަސްވެރިކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ދޮށީގެ މަސްވެރިކަން ކުރާ ފާހަގަކޮށްލެވޭ އުޅަނދެއްގައި ރާއްޖޭގެ އެންމެ ފުންނާބުއުސް ކެޔޮޅުންގެ ފަރާތުން އަމަލީ ތަމްރީނު ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމްގެ މުއްދަތުގައި ބައިވެރިންނަށް ދުވަހު އެލަވަންސްއެއް ލިބޭނެކަންވެސް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވެވޭނީ 24 އަހަރުން ދަށުގެ، މިނިސްޓްރީގެ މަސްވެރިންގެ ދަފްތަރުގައި މިހާރު ހިމެނިފައިނުވާ، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ. ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ ފަސް ޒުވާނުންނަށެވެ. ޝައުގުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2025 ގެ ކުރިން އެޕްލިކޭޝަން ފޯމާއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. އަދި 18 އަހަރުން ދަށުގެ ޒުވާނުންނަމަ، ބެލެނިވެރިޔާގެ ހުއްދައޮތްކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް