ads
އިމާމުންގެ މަހާސިންތާގެ ތެރެއިން
ޕީއެޗްޑީ ކޯހަށް ހޮވޭ އިމާމުންގެ ހުރިހާ ހަރަދެއް މިނިސްޓްރީން ދެނީ
ގައުމީ ޔުނިވާސިޓީން ހިންގާ އިސްލާމިކް ޝަރީއާ ކޯހުގެ ޕީއެޗްޑީ ޕްރޮގްރާމްތަކަށް ހޮވޭ ހުރިހާ އިމާމުންނަށް ކޯހުގެ ހުރިހާ ހަރަދެއް އިސްލާމިކް މިނިސްޓްރީން ކުރަން ނިންމައިފި އެވެ.
Advertisement

ގައުމީ ޔުނިވަރސިޓީން ޑޮކްޓާ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ސްޓަޑީޒް އަދި ޑޮކްޓާ އޮފް ފިލޯސޮފީ (ޕީ.އެޗް.ޑީ) އިން އިސްލާމިކް ޝަރީއާ ކޯސްތައް ފެށުމަށް ނިންމާ ބައިވެރިވާން ވަނީ ހުޅުވާލާފަ އެވެ. 

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓަރޔ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ގައުމީ ޔުނިވާސިޓީން އިއުލާންކޮށްފައިވާ އެ ކޯހަކަށް ކުރިމަތިލައިގެން ހޮވޭ އިމާމުންނަށް ކޯހަށް ހިންގާ ހުރިހާ ހަރެދެއް މިނިސްޓްރީން ހަމަޖައްސައިދޭން ނިންމާފައިވާކަމަށެވެ. 

" ވީހާވެސް ގިނަ ބޭފުޅުން ކުރިމަތިލައްވާ، ފުރުސަތު ލިބޭތޯ މަސައްކަތް ކުރައްވާ." މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ.

މިނިސްޓަރު ވަނީ އިސްލާމީ ދާއިރާއިން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު ގައުމީ ޔުނިވާސިޓީން ހުޅުވާލުމުން އެ ޔުނިވާސިޓީއަށް ޝުކުރު އަދާކުރައްވާފައެވެ.

ކޯހުގެ މުއްދަތު 

  • ފުލްޓައިމް 3-4 އަހަރު
  • ޕާޓްޓައިމް 6-8 އަހަރު

ގައުމީ ޔުނިވާސިޓީން ބުނީ ޕީ.އެޗް.ޑީ އަށް އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 30 ވަނަދުވަހުގެ 14:00 އާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް އޮންލައިންކޮށް  ކަމަށާއި އިތުރު މަޢުލޫމާތު ބޭނުންވާނަމަ 1445 ފޯނާ ހުޅުމަށް ގައުމީ ޔުނިވާސިޓީން އެދެއެވެ. 

ކޯހަށް ވަނުމުގެ ޝަރުޠު

  1. އިސްލާމިކް ޝަރީއާ ނުވަތަ އިސްލާމިކް ސްޓަޑީޒް އިން އެމް.ކިއު.އޭ ޤަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. އަދި ދިރާސީ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޑިގްރީ ނުވަތަ މާސްޓާސް ހާސިލުކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

  2. ޕީ.އެޗް.ޑީ ހާސިލުކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރުކޮށް އެޕްލިކޭޝަން ފޯމާއެކު ހުށަހެޅުން.

އެމްއެންޔޫއިން ބުނީ ޕީއެޗްޑީ ކޯސްތަކަށް އެދޭ ފަރާތްތަކުން އަރަބި ބަހުން ނޫން އެހެން ބަހަކުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާނަމަ ފެކަލްޓީ އިން ދެވޭ އަރަބި ބަހުގެ އިމްތިހާނަކުން ފާސްވާން ޖެހޭނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް