މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސްޓެލްކޯ އާއި މޯލްޑިވިއަން ބްލަޑް ސާވިސް ގުޅިގެންނެވެ.
ސްޓެލްކޯ އިން ބުނި ގޮތުގައި މި ޕްރޮގްރާމްގެ މަގުސަދަކީ ލޭ ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު ލޭ ލިބޭނެ މަގު ތަނަވަސްކޮށް ދިނުމެ 
މި ޕްރޮގްރާމްގައި ކުންފުނީގެ މުވައްޒަފުން ބައިވެރިވެ ލޭ ހަދިޔާކޮށްފައިވާ ކަމަށާއި މިއީ ކާމިޔާބު ޕްރޮގްރާމެއް ކަމަށް ސްޓެލްކޯ އިން ބުނެ އެވެ.
ސްޓެލްކޯ އިން މިދިޔަ އަހަރު ވެސް ލޭ ހަދިޔާކުރުމުގެ މިފަދަ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް، އެމްބީއެސްއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވަ އެވެ.