ads
މެންހެޓަން ގްރޭންޑް ހޮޓެލްގެ އެއްބަސްވުމުގައި ސޮއިކުރުން
ހުޅުމާލޭ ސިޓީ ހޮޓާގައި މީޑިއާ ވިލެޖު ހިމެނޭހެން، ފަސްތަރީގެ ހޮޓަލެއް ތަރައްގީކުރަނީ
އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގައި މީޑިއާތަކަށް ހާއްސަ މީޑިއާ ވިލެޖާ އެކު، އާ ފަސް ތަރީގެ ހޮޓަލެއް ހެދުމަށް އެޗްޑީސީން ބަޔަކާ އެކު މިރޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
Advertisement

މި ކަމަށް ޓަކައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަސްބާހު އަލީގެ އިތުރުން އެ ކުންފުނީގެ ސީސީއޯ އަހުމަދު އަސްލަމެވެ.

ވޯލްޑް އޮފް ބިޒްނަސްގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނައީމާއި ސީއީއޯ ފަހޭޒް ޕަންގަތުގެ އިތުރުން ސީއޯއޯ އަލީ ނާހިޒެވެ.

އެ އިމާރާތުގައި މީޑިއާ ވިލޭޖުގެ އިތުރުން ތަރިކަ ކޮލެޖާއި އެމްއެންޔޫ މެޑިކަލް ސްކޫލާއި ޔޫތު ސެންޓަރަށް ހާއްސަ ޖާގައެއް ކަނޑައަޅާނެ އެވެ. އެ ތަންތަން ނިންމަން ފަސް މަސް ދުވަސް ވަނީ ދީފަ އެވެ. އެ ހަތަރު ތަނަށް ދޭ ޖާގަ ހެދުމަށް ހަތް މިލިއަން ޑޮލަރު ހަރަދު ކުރާނެ އެވެ.

މި ހޮޓާ ހުޅުވާއިރު، 158 ކޮޓަރިއާއި ބެންކުއިޓް ހޯލަކާއި މަލްޓިޕާޕަސް ހޯލަކާއި ކޮންފަރެންސް ހޯލުތަކާއި ސްވިމިން ޕޫލު ހުންނާނެއެވެ. އަދި ފުޑް އެންޑް ބެވެރެޖްގެ ބައިނަލްއަގުވާމީ ހަތަރު ބްރޭންޑަކާއި ޖިމާއި ސްޕާގެ ޚިދުމަތް ވެސް ގާއިމުކޮށްފައި ހުންނާނެއެވެ.

މި އެއްބަސްވުމުގެ ދަށުން، ކުރިއަށް އޮތް އެއް އަހަރު ތެރޭ މި ހޮޓަލުގެ މަސައްކަތް ނިންމައި ހުޅުވަން ޖެހެ އެވެ.

އެ ޕްރޮޖެކްޓާ އެކު، އެޗްޑީސީ އަށް ބިމުގެ އަގުގެ ގޮތުގައި 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ލިބޭނެ އެވެ. އަދި ކޮންމެ އަހަރު ކުލީގެ ގޮތުގައި 14.4 ރުފިޔާ ލިބޭނެ އެވެ. ޓެކްސްގެ ގޮތުގައި ދައުލަތަށް އަހަރަކު 2.5 މިލިއަން ޑޮލަރު (39 މިލިއަން ޑޮލަރު) ލިބޭނެ ކަމަށް އެޗްޑީސީން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް