ads
ނޫސްތައް ތަޅު އަޅުވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އާނިމް - ފޮޓޯ: ފުލުހުން
ހަމަނުޖެހުން ހިންގަން ގޮވާލި ކަމަށް ބުނެ ރޭ ހައްޔަރު ކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި
ހަމަނުޖެހުން ހިންގަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި އައްޑޫ ސިޓީއިން ރޭ ހައްޔަރުކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި އެވެ.
Advertisement

ފުލުހުންގެ މީޑީއާ ގްރޫޕަށް ރޭ އެންމެ ފުރަތަމަ ފޮނުވި މެސެޖެއްގައި ބުނި ގޮތުގައި، މި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އަލީ އާނިމް މުފީދު، 29، އަތަމާވިލާ/ސ. ހިތަދޫ ހައްޔަރުކުރީ ނޫސްވެރިންނާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ.

ނަމަވެސް، "އިބާރާތް އިސްލާހު ކުރަން" ކަމަށް ބުނެ ފުލުހުން ފަހުން މީޑިއާ ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ އާނިމް ހައްޔަރުކުރީ "މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގެ މަންސައެއް ކަމަށްވާ "އެކްސް"ގައި ޕޯސްޓްތަކެއް ކޮށްފައިވާ މައްސަލައެއްގެ ތުހުމަތުގަ" އެވެ.

ފުލުހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާ ހިލާފުވުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމާއި ކުށެއް ކުރަން އުޅުން ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރާ ދެކޮޅު ގިނަ ޕޯސްޓުތަކެއް ކޮށްފައި ވެއެވެ. އަދި މުޒާހަރާ ކުރުމުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ކުރުމަށް ބާރު އަޅައި ހިތްވަރު ދޭ އެކި ވާހަކަތައް ވެސް ލިޔެފައި ވެއެވެ.

ނަމަވެސް މިއަދު ފުލުހުން ބުނީ އާނިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ، އަނގަމަތީ ޓޭޕު އެޅުންފަދަ ރަމްޒީ ކަންކަން ކޮށް އިހުތިޖާޖުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް