ads
ވަކީލުންތަކެއް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފައިލް ފޮޓޯ: ވީނިއުސް
ވަކީލަކަށް ހެދިގެން އުޅުނު "ފޭކު" މީހެއްގެ މައްސަލަ ޕޮލިހަށް
ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށްގެން ވަކާލާތުކުރުމުގެ ހުއްދައެއް އަމިއްލައަށް ހަދައިގެން އުޅުނު "ފޭކް" މީހެއްގެ މައްސަލަ ބާ ކައުންސިލުން ފުލުހުންނަށް ހުށަހަޅައިފި އެވެ.
Advertisement

ސައްހަ ނޫން ލައިސެންސެއް ނުވަތަ ގާނޫނީ ވަކީލުކަމުގެ ލިޔުމެއް ގެންގުޅުނު ކަމަށް، ބާ ކައުންސިލުން ނެރުނު ނޫސް ބަޔާނުގައި ތުހުމަތުކޮށްފައިވަނީ ފާތިމަތު ތޫބާ އަބްދުﷲ، ހޭވަލި/ ލ. ފޮނަދޫގެ މައްޗަށެވެ.

މި ކަން ބާ ކައުންސިލުން ބެލީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެ ކައުންސިލަށް ހުށަހެޅުމުންނެވެ. ތޫބާއަކީ އެމްޕީއެލްގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

ބާ ކައުންސިލުން ބުނީ އެ ކައުންސިލްގެ ވެބްސައިޓްގައި ވަކީލުންގެ ދަފްތަރު އާންމުކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން ގާނޫނީ ހިދުމަތް ހޯދުމުގެ ކުރިން އެއީ ވަކީލެއް ކަން ކަށަވަރުކުރަން އެ މައުލޫމާތު ވެބްސައިޓުން ބެލުމަށް ބާ ކައުންސިލުން އިލްތިމާސްކުރެ އެވެ.

އެނގިފައިވާ ގޮތުގައި މައްސަލަ ފެންމަތިވި ފަހުން އޭނާ ވަނީ އެ ކުންފުނިން ވަކިވެފަ އެވެ.

އެކަން ބެލިއިރު އޭނާއަކީ ބާ ކައުންސިލުން އެެއްވެސް އިރެއްގައި ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ މީހެއް ނޫންކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ. އަދި އޭނާއަށް ދޫކޮށްފައިވާ ކަމަށް ބުނާ ވަކާލާތުކުރުމުގެ ހުއްދައަކީ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމާއި ސުޕްރީމް ކޯޓުގެ ނަމާއި ލޯގޯ ބޭނުންކޮށް، ވަކާލާތު ކުރުމުގެ ހުއްދައާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމެއްކަން ވެސް ފާހަގަކުރެވޭ ކަމަށް ބާ ކައުންސިލުން ބުންޏެވެ.

ބާ ކައުންސިލުން ބުނީ އެ ލިޔުމުގައި އޮތް ސޮޔަކީ، ލިޔުން ހެދި ތާރީހުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނެވި ފަނޑިޔާރެއްގެ ސޮއެއް ވެސް ނޫން ކަމަށެވެ.

ސައްހަ ނޫން ލިޔެކިއުން އުފެއްދުމާއި ދައުލަތުގެ އިދާރާއެއްގެ ނިޝާން ބޭނުންކޮށްގެން ދައުލަތުގެ ނަމުގައި ސައްހަ ނޫން ލިޔުން އުފެއްދުމަކީ ވެސް ޖިނާއީ ކުށެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް