މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ މ.އަފްޒާ 6 ވަނަ ފަންގިފިލާގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެހެންނަމަވެސް މި ހާދިސާގެ ސަބަބުން ދުމާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން އެ އެޕާޓްމަންޓަށް ލިބިފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ. އެ އިދާރާއިން ބުނީ އެޕާޓްމަންޓަށް ލިބުނު ގެއްލުމުގެ ސަބަބުން އެތަނުގައި ދިރިއުޅެމުންދިޔަ އަންހެނަކު ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ހަރަދު ހަމަޖައްސާފައިވާކަމަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;