
މިކަމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އިންފްރާސްޓްރަކްޗަރު މިނިސްޓަރު ޑރ. އަބްދު ﷲ މުއްތަލިބް ވިދާޅުވިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ސޮއިކުރީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
މި މަޝްރޫެއުގެ ދަށުން ނާވައިދޫއިން ހަތް ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިސަރަޙައްދު ހިމާޔަތްކުރުމަށް 619 މީޓަރުގެ ސަރަޙައްދެއްގައި ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ.
މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 82 މިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.
ނާވައިދޫ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އެ ރަށު ބިން ހިއްކުމަކީ އެމަނިކުފާނު އެ ރަށަށް ވެވަޑައިގަތް އެންމެ މުހިންމު ވައުދު ކަމަށެވެ. އަދި އެ ރަށުގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގެ ޔަގީންކަންވެސް ރައީސް މުއިއްޒު ދެއްވިއެވެ.