ads
ނައިވާދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް މުއިއްޒު ވާހަކަދައްކަވަނީ
ނާގޯށި ހިންގާނެގޮތް ހޯދައިފިން،އަމަލީ މަސައްކަތް ފަށަން ތައްޔާރުވަނީ: ރައީސް
ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށްޓަކާ، ސަރުކާރުގެ އެހީތެރިކަމާއި އެކު އެއަތޮޅު ނާގޯށީގެ މަސައްކަތް ފެށުމަށް އެމް.ޓީ.ޑީ.ސީ އަށް މަގުފަހިކޮށްދީ، އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
Advertisement

އެމަނިކުފާނު މިހެން ވިދާޅުވީ ހދ ގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި، ނައިވާދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ނާގޯށި އަކީ ވަރަށް ދުވަސްވެފައިވާ އަދި އަމަލީ މަސައްކަތް ފެށިފައިނުވާ މަސައްކަތެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ، ފިނޭންސް މިނިސްޓްރީ އާއި ބޭންކް އޮފް މޯލްޑިވްސްގެ ތެރެއިން މަގުފަހިކޮށްދެއްވައިގެން، އެމްޓީޑީސީގެ ފަރާތުން މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތި މޮބިލައިޒްކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުންވެސް ހދ އަތޮޅުގައި ޓޫރިޒަމް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވައި، އެކަމުގެ ނަތީޖާ ފެންނާގެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

އަމާޒަކީ ހދ އަތޮޅަކީ ޓޫރިޒަމް ނެތް އަތޮޅެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށް، ޓޫރިޒަމް ތަރައްގީވެފައިވާ އަތޮޅަކަށް ހެއްދެވުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ހދ އަތޮޅުގެ ވަރަށް ގިނަ ފަޅުތައް މިހާރުވެސް ގިނަ ލުއިތަކާއިއެކު ޓޫރިޒަމް ތަރައްގީކުރުމަށް ހުޅުވާލާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް