ads
20 ވަނަ ރައްޔިތުން މަޖިލިސްގެ ޖަލްސާއެއްގެ ތެރެއިން
ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ބާއްވާ ޖަލްސާއެއް އަންނަ ބުދަ ދުވަހު
މިހާރު ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުން ދައުރުން ބޭރު ޖަލްސާތަކެއް އަންނަ ބުދަ ދުވަހު ބާއްވަން ނިންމައިފި އެވެ.
Advertisement

އަންނަ ބުދަ ދުވަހު މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް ހަމަޖައްސާފައިވީނަމަވެސް، އެ ޖަލްސާ ބާއްވަނީ ކީއްވެގެންކަަމެއް މަޖިލީހުން ހާމައެއް ނުކުރެ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ އެ ޖަލްސާގެ އެޖެންޑާ ފަހުން ހިއްސާކުރައްވާނެކަމަށެވެ.

ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވަން މި އުޅެނީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް މީޑިއާ ގެނައުމަށް ހާއްސަ ބިލެއް ޑްރާފްޓްކޮށް މަޖިލީހަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެ އެވެ.

އެ ބިލް ހުށަހެޅުއްވީ އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި އެކަމަކު ޕީއެންސީއާ ވަރަށް ބޮޑު ގުޅުމެއް އޮންނަ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

ބުދަ ދުވަހު އޮންނަ ޖަލްސާގައި މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި މަޖިލީހަށް ހުށަހަޅާފައި އޮތް "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ބަހުސް ކުރިއަށް ގެންދިޔުމަށްފަހު، އެ ބިލު ބަލައިގަތުމަށް ވޯޓަށް އަހާނެ ކަމަށް އަޑުތައް ވަނީ ފެތުރިފަ އެވެ.

މީޑިއާތަކުގެ ކޮންޓްރޯލް ސަރުކާރަށް ލިބޭ ގޮތަށް ހަންނާން ހުށަހެޅުއްވި ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ކެމްޕެއިން ކުރަމުންނެވެ. ނޫސްވެރިންކަމގެ މިނިވަންކަން ހަނިވާ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު ބޭރުކުރުމަށް ގޮވާލައި، ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް