ads
ހާހަކަށްވުރެ ގިނަ އެނދާ އެކު، ހަންކެޑެ ތަރައްގީ ކުރާނެ ގޮތުގެ ކުރެހުމެއް - ފޮޓޯ:އެމްއެފްްއެމްސީ
އައްޑޫ ހަންކެޑެ މަޝްރޫއު ހުއްޓާލަން އުޅޭ ކަމަށް ބުނެ އިދިކޮޅުން ކަންބޮޑު ވެއްޖެ
ކުރީ ސަރުކާރުން ފެށި ހަންކެޑެ އިންޓަގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓު ކުރިއަށް ނުގެންގޮސް ހުއްޓާލަން އުޅެނީ މި ސަރުކާރުގެ ނާގާބިލު ކަމުން ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

ޗައިނާގެ ބޭންކަކުން 142 މިލިއަން ޑޮލަރު ހޯދައިގެން އެމްޑީޕީ ސަރުކާރުން ފެށި އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް މި ސަރުކާރުން ކުރިއަށް ގެންގޮސްފައެއް ނުވެ އެވެ. އޭގެ ބަދަލުގައި ވަރަށް ފަހުން ވަނީ، އެ ރަށުގައި ހަލާލު ޓޫރިޒަމް ކުރިއަށް ގެންދަން ނިންމާފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އައްޑުއަށް އިގްތިސޯދީ ތަރައްގީ ގެނެސް، އިންޓަގްރޭޓެޑް ޓޫރިޒަމް ތައާރަފްކުރަން ފަށަން އޮތް އެ މަޝްރޫއު ސަރުކާރުން ބާތިލްކުރުމަކީ، އައްޑޫގެ ކުރިއެރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެއް ކަމަށެވެ. އަދި އޭގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދައްކަން ޖެހި، އައްޑުއަށް ތަރައްގީ ގެންނަން ވަގުތުތަކެއް ބޭކާރުވީ ކަމަށް ވެސް ވިދާޅުވި އެވެ.

"2023 ގައި ސަރުކާރު ބަދަލުވީއިރު ޕްރޮޖެކްޓު އޮންނާނީ އިނީޝިއޭޝަން ސްޓޭޖުގައި، ނުކޮށް އޮތް ހަމައެކަނި ކަމަކީ ލޯނު އެއްބަސްވުމުގައި ސޮއިކުރުން،" ފައްޔާޒު ވިދާޅުވި އެވެ.

ހަންކެޑެ މަޝްރޫއު ހުއްޓާލަން ޖެހުނު ސަބަބެއް، އެހެން މަޝްރޫއުތަކުގައި ވެސް ކަންކުރަމުން އަންނަ އުސޫލުން، މި ސަރުކާރުން ނުބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް