އިލެކްޝަންސް ކޮމިޝަންގެ ރައީސް ޒާހިދު އިސްތިއުފާ ދެއްވިކަން، އީސީގެ މެންބަރަކުވަނީ ސީއެންއެމަށް ކަށަވަރުކޮށްދެއްވާފައެވެ. އެހެންނަމަވެސް، ޒާހިދު އިސްތިއުފާ ދެއްވި ސަބަބެއް ސާފެއް ނުވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސަކަށް އެ ކޮމިޝަންގެ މެމްބަރު މުހައްމަދު ޒާހިދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.
ޒާހިދު އިސްތިއުފާ ދެއްވިއިރު، މިދިޔަ މަހު އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ކާމިޔާބު ކުރި ފަރާތްތަށް އަދި ހުވައި ނުކުރެއެވެ. އިންތިހާބާ ގުޅޭ ބައެއް މައްސަލަތައް ކޯޓުގައިވެސް އެބަ ކުރިއަށްދެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;