ads
މިދިޔަ ހުކުރު ދުވަހު ރަސްފަންނުގައި ބޭއްވި "ޕޮޕް އަޕް ވިތު އަ ޕާޕޮސް" ހަރަކާތުގެ ތެރެއިން.
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ
ދިރާގުން ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރޭނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދިން މި އަހަރު ވެސް އާކޮށްފި އެވެ.
Advertisement

މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް މިނިވަންކަމާއެކު ކުރިއަށް ދިއުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ މުހިންމު ޕްރޮގްރާމެކެވެ.

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްގެ ޕާޓްނާރޝިޕް މިއަހަރު އާ ކުރީ ހުކުރު ދުވަހު ރަސްފަންނުގައި "ޕޮޕް އަޕް ވިތް އަ ޕާޕޮސް" ގެ ނަމުގައި ބޭއްވި ހާއްސަ އިވެންޓެއްގަ އެވެ.

މި އިވެންޓުގައި ބޭކަރީ ސްޓޯލްތަކާއި، އާޓްސް އެންޑް ކްރާފްޓްސް ކޯނަރަކާއި އަދި ކުޅިވަރު ސަރަހައްދުތައް ހުއްޓެވެ. މި ހަރަކާތްތަކުގެ ތެރެއިން ދަރިވަރުންނަށް އެކުދިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ލިބިގެންދިޔަ އެވެ.

ކެއާ ސޮސައިޓީން 2018ގައި ވޮކޭޝަނަލް ޓްރޭނިން ޔުނިޓް އުފެއްދީއްސުރެ ދިރާގުން އަންނަނީ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ކެއާ ސޮސައިޓީ އިން ބުނި ގޮތުގައި ވޮކޭޝަނަލް ޓްރެއިން ޕްރޮގްރާމް މެދުވެރިކޮށް 22 ކުދިންގެ ޕްރޮގްރެސް ރޭޓް މިދިޔަ އަހަރު އިތުރުވެފައިވާކަން މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓުން ދައްކާ ކަމަށެވެ. އަދި އެގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

މި އަހަރުގެ ޕްރޮގްރާމްގައި 27 ދަރިވަރުން ބައިވެރިވެފައިވެ އެވެ. އެ ގޮތުން މުވާސަލާތްކުރުމާއި އަދި މައްސަލަ ހައްލުކުރުން ފަދަ ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތަކަށް އިސްކަންދެވޭއިރު، ކެއްކުމާއި، އާޓްސް އެންޑް ކްރާފްޓްސް، އަދި ކޮމްޕިއުޓާ ލިޓަރަސީ ފަދަ ދާއިރާތަކުން އަމަލީ ތަމްރީނުތައްވެސް ފޯރުކޮށްދޭނެ އެވެ.

ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރި ކުރުވުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް