ads
ރައީސް މުއިއްޒު ކުރިނބީގައި
އާ އިމާރާތާއެކު ކުރިނބީ ސިއްހީ މަރުކަޒުން 24 ގަޑިއިރު ހިދުމަތް ދޭނެ
ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ފުޅާކުރުމަށް، އެ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިމުމުން ހިދުމަތް ދޭނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
Advertisement

ރައީސް މި ޔަގީންކަން ދެއްވީ ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިނބީއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރިނބީ ސިއްހީ މަރުކަޒުގައި ގާއިމުކުރާ އާ އިމާރާތުގެ މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި، މި އިމާރާތާއެކު ސިއްހީ މަރުކަޒަށް އިތުރު ޖާގަ ލިބި، ވޯޑުތަކާއި ލެބޯޓްރީ އަދި ޕަބްލިކް ހެލްތު ޔުނިޓެއް ފަދަ އާ ހިދުމަތްތައް ތައާރަފު ކުރެވިގެންދާނެ އެވެ. އަދި އާ އިމާރާތުގެ މަސައްކަތް ނިމުމުގެ ކުރިން ވެސް، މިއަހަރު ތެރޭގައި ބޭނުންވާ މުވައްޒަފުން ހަމަޖައްސައިގެން ހިދުމަތް 16 ގަޑިއިރަށް އިތުރުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ހިދުމަތް އިފްތިތާހުކޮށްދެއްވައި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް އަޅުއްވައިދެއްވާފަ އެވެ. މީގެ އިތުރުން، އެރަށު ސްކޫލްގައި ހަތަރު ކްލާސްރޫމާއެކު މަލްޓި ޕާޕަސް ހޯލެއް އެޅުމުގެ މަޝްރޫއު ވެސް ވަނީ ފަށާފަ އެވެ. ރައީސް ވަނީ ކުރިނބީގެ ތަރައްގީއަށް ބޭނުންވާ އިތުރު ކަންކަން ވެސް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް