ނޫސްވެރިން އަނިޔާވެރި ގޮތަކަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ ފަލާހު ނޫސްވެރިންނަށް ހަރުކަށި އިންޒާރު ދިފައި ވަނީ ދައުރުން ބޭރުގައި އިއްޔެ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެެވެ.
ފަލާހް މައްސަލަ ފުލުހުންނާއި ހުށައެޅުމަށްފަހު އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހަކަށް އަނިޔާވެރިނުވުން ހިމެނޭއިރު، ފަލާހް ދެއްކެވި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކައެއް ކަމަށެވެ.
ފަލާހްެ ދެއްވި އިންޒާރުން ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނަށް އެކަމުގެ ސަބަބުން ބިރުވެރިކަމުގެ ތެރެއަށް ވެއްޓޭ ކަމަށާއި އެއީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެމްޖޭއޭއިން ވަނީ ފަލާހްގެ މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އަޅައިދޭން ފުލުހުންގެ ކިބައިން ވަނީ އެދިފަ އެވެ.
މިނިވަން މީޑިއާ ނެތިކޮށްލުމުގެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ދެކޮޅަށް ނޫސްވެރިން އަޑު އުފުލަމުންދަނިކޮށް ސަރުކާރު ހިންގާ ޕީއެންސީ މިއަދު ވަނީ އެބިލު މަޖިލިހަށް ބަލައިގަނެފައެވެ. ބިލް ބަލައިގަތީ ޕީއެންސީގެ 49 މެމްބަރުންގެ ވޯޓުންނެވެ. ބިލާއި ދެކޮޅަށް ވޯޓް ދެއްވީ އިދިކޮޅު 12 މެމްބަރުންނެވެ.