
ނ.މަގޫދޫ ފިޓްނަސް ސެންޓަރު ފައުންޑޭޝަން ކޮންކްރީޓް ކާސްޓިންގ މަސައްކަތްތައް ނިމެނީ
ނ.މަގޫދޫ ފިޓްނަސް ސެންޓަރު ފައުންޑޭޝަން ކޮންކްރީޓް ކާސްޓިންގ މަސައްކަތްތައް ނިމިއްޖެ
ސީއެންއެމް ނިއުސް ޓީމް
31 އޯގަސްޓް 2025 - 13:31:30
ނ.މަގޫދޫ ފިޓްނަސް ސެންޓަރު ފައުންޑޭޝަން ކޮންކްރީޓް ކާސްޓިން މަސައްކަތްތައް ނިމިއްޖެކަމަށް އެ ޕްރޮޖެކްޓައި ހަވާލުވެފައިވާ އެމްޓީސީން ބުނެފި އެވެ.
އެކަން އެމްޓީސީސީ އާއި ހަވާލުކޮށް ބިންގާ އަޅާފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ރައީސް ޑރ. މުހައްމަދު މުއިއްޒު ނ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ.
ސަރުކާރުން ވަނީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިޓްނަސް އަދި ރެކްރިއޭޝަނަލް ސެންޓަރުތަކެއް އަޅަން ނިންމާފައި އެވެ.
އެކަން ކުރުމަށް ސަރުކާރުން ނިންމާފައިވަނީ ދުޅަހެޔޮ އަދި ހަށިހެޔޮ މުޖްތަމައުއެއް ބިނާ ކުރުމުގެ މަގްސަދުގައި ކަމަށް ސަރުކާރުން ވަނީ ބުނެފައި އެވެ.
މި ގޮތުން 63 ފިޓްނަސް ސެންޓަރެއް އެޅުމަށް އެމްއޭސީއެލް އާއި ވެސް ވަނީ ހަވާލު ކުރެވިފައި އެވެ
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް