
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އާސިމް އަބްދުﷲ އެވެ.
މި އޮގަސްޓު މަހުގެ 23 އިން 28 އަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމުގައި ހަތަރު ސްކޫލު ހިމެނޭގޮތަށް ޖުމުލަ 124 ދަރިވަރުން ބައިވެރިވެ ކާމިޔާބުކަމާއެކު ޕްރޮގްރާމް ފުރިހަމަކޮށްފައި ވެއެވެ.
މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް މައުލޫމާތުދީ އަދި ސްކޫލު ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ދަރިވަރުން ތަމްރީނުކޮށްފައިވެ އެވެ. މީގެ އިތުރުން، ރިވެތި ބަހުން މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ އިތުރުން އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށް ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ.
އައްޑޫގައި ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި ޕްރޮގްރާމުގެ ތެރެއިން، ދަރިވަރުން ބާރުވެރިކުރުމާއި ލީޑަރޝިޕް ހުނަރު އިތުރުކުރުމަށް މަގުފަހިވާނޭ ފަދަ ސެޝަންތައް ކުރިއަށް ގެންގޮސްފައިވެ އެވެ.
މަރަދޫ ސްކޫލާއި، އިރުޝާދިއްޔާ ސްކޫލާއި، ފޭދޫ ސްކޫލުގެ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 29 ވަނަ ދުވަހު ފޭދޫ ސްކޫލުގަ އެވެ. މި ރަސްމިއްޔާތުގައި، އެ ތިން ސްކޫލުގެ އިސްވެރިންނާއި، އައްޑޫ ސިޓީ ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފުލުހުންގެ އިތުރުން ދައުވަތު އެރުވިގެން އެހެނިހެން ބޭފުޅުން ބައިވެރިވެެލެއްވި އެވެ.
ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދުރަސާގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މި އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެ މަދަރަސާގަ އެވެ. މި ރަސްމިއްޔާތުގައި، އެ މަދަރުސާގެ އިސްވެރިންނާއި، އައްޑޫ ސިޓީ ފުލުހުންނާއި ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ފުލުހުންގެ އިތުރުން ދައުވަތު އެރުވިގެން އެހެނިހެން ބޭފުޅުން ބައިވެރިވެެލެއްވި އެވެ.