ފާއިތުވި ހަފުތާގައި ސިވިލް ކޯޓު މެދުވެރިކޮށް ނިންމާފައިވާ މި މުއާމަލާތުގައި، ބޭންކުން ގަނެފައިވަނީ ގާތްގަނޑަކަށް 28,000 އަކަފޫޓުގެ ބިމެކެވެ. މި ބިން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިއްކާލާފައިވަނީ 153,938,394 ދިވެހި ރުފިޔާއަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަޒްފާ އަބްދުލްއަފޫރުގެ ހުކުމާ އެއްގޮތްވާ ގޮތުގެ މަތިން، ހުޅުމާލޭގެ 11824 ނަންބަރު ލޮޓުގެ ރަޖިސްޓަރީ މިހާރު ވަނީ ބީއެމްއެލްގެ ނަމަށް ބަދަލުކުރެވިފަ އެވެ.
މީގެ އިތުރުން، ހަމަ މި ހަފުތާގައި ބޭންކުން ވަނީ ކޯޓު މެދުވެރިކޮށް، ހުޅުމާލޭ ފޭސް ދެއަކުން 15,000 އަކަފޫޓުގެ ބިމަކާއި، އެޗްޑީސީގެ ނަމުގައި ފޭސް އެކެއް ގައި އޮތް ބިމެއް ލާޖައްސައި ބަދަލުކޮށްފައެވެ.