ads
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ދާގޮތް ރައީސް މުއިއްޒު ބައްލަވާލައްވަނީ
ރައީސް މުއިއްޒުގެ ވައުދު ފުއްދުމަށް، ރަސްފަންނުގެ މަސައްކަތް މި މަހު ފަށަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅަކާ އެއްގޮތަށް، މާލޭ ރަސްފަންނު ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މި މަސް ތެރޭގައި ފެށުމަށް ސަރުކާރުން ތައްޔާރުވެއްޖެއެވެ.
Advertisement

މި ބޮޑު މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއި އެމްޑަބްލިއުއެސްސީއަށެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީން ކުރާނެ މުހިންމު މަސައްކަތްތަކުގެ ތެރޭގައި ރަސްފަންނު ގޮނޑުދޮށް ގިރުމުގެ ދާއިމީ މައްސަލައަށް ހައްލެއް ގެނައުމާއި، ބޭރު ތޮށީގެ ބައެއް ބަދަލުކުރުމާއި، އަދި މޫދަށް އެރޭ ސަރަހައްދުގައި ފެން ދައުރުވުން ރަނގަޅުކުރުން ހިމެނެއެވެ. މީގެ އިތުރުން، އެ ސަރަހައްދުގައި ފެން ހިންދާ ރަނގަޅު ނިޒާމެއް ގާއިމުކުރުމަކީވެސް އެ ކުންފުނީގެ ޒިންމާއެކެވެ.

އާންމުންނަށް ހިދުމަތްދޭ ވަސީލަތްތައް ގާއިމުކުރުމަށް ހަވާލުކޮށްފައިވާ އެމްޑަބްލިއުއެސްސީގެ މަސައްކަތްތަކުގެ ތެރޭގައި އާ ފާހާނާ ބަރިއެއް އެޅުމާއި، ފެން މާގަނޑެއް ބެހެއްޓުމުގެ އިތުރުން ލޮކަރު ފަދަ ހިދުމަތްތައް ގާއިމުކުރުން ހިމެނެއެވެ. ހައުސިން އެންޑް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ މި މަސައްކަތަށް ބޭނުންވާ ބިން މިހާރު އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ކަމަށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު، ރަސްފަންނާއި ސަލްޓަން ޕާކު މިހާރަށްވުރެ ފުރިހަމައަށް ތަރައްގީކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް