ads
ރައީސް މުއިއްޒު އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ވާހަކަދައްކަވަނީ: އެމަނިކުފާނު ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުމަށް އަލިއަޅުއްވާލައްވާފައި - ފޮޓޯ/ ރައީސް އޮފީސް
ބައިނަލްއަގުވާމީ ނިންމުންތަކުގައި ޖަޒީރާ ގައުމުތައް ވެސް ހިމެނުމަށް ރައީސް ގޮވާލައްވައިފި
ގްލޯބަލް ގަވާނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ހާމަކުރައްވައި، ބައިނަލްއަގުވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ހިމެނުއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.
Advertisement

ރައީސް މިކަމަށް ގޮވާލެއްވީ ޗައިނާގެ ޓިއަންޖިންގައި ބޭއްވި "އެސްސީއޯ ޕްލަސް" ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ރާއްޖެއަކީ ވިލުންތެރިި ގައުމެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް ވަނީ، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފަ އެވެ. އޭގެއިތުރަށް، ގްލޯބަލް ގަވަނަންސް އިނީޝިއެޓިވަށް ރާއްޖެއިން ތާއީދުކުރާކަން ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

މީގެ އިތުރުން ދިވެހިރާއްޖެއަކީ ވިލުންތެރި، އަޒުމުވަރުގަދަ ގައުމެއްގެ ގޮތުގައި ސިފަކުރައްވައި، ދިވެހިރާއްޖޭގެ މޫސުމީ ލަނޑުދަނޑިތަކާއި، މޯލްޑިވްސް 2.0 ޑިޖިޓަލައިޒޭޝަން މަސައްކަތާ ގުޅޭގޮތުން އެމަނިކުފާނު ވަނީ ވާހަކަފުޅުދައްކަވާފަ އެވެ. 

އަދި ގްލޯބަލް ގަވާނަންސް އިނީޝިއެޓިވަށް ދިވެހިރާއްޖެއިން ތާއީދުކުރައްވާކަން ހާމަކުރައްވައި، ބައިނަލްއަގްވާމީ ފެންވަރުގެ ނިންމުންތައް ނިންމުމުގެ މަރުޙަލާގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ހިމެނުއްވުމަށް އެ މަނިކުފާނު ގޮވާލެއްވި އެވެ.

މީގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް ތާއީދުކުރުމުގައި ދިވެހީން ތިބީ ސާބިތުކަން މަތީގައިކަން ހާމަކުރައްވައި، ފަލަސްތީނުގެ ހައްގުގައި ބައިނަލްއަޤުވާމީ މުޖުތަމަޢުންވެސް އެކުގައި މަސައްކަތްކުރެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

ޗައިނާގެ ރައީސް ވަނީ، ބައިނަލްއަގުވާމީ އެއްބާރުލުމާއި ތަރައްގީއަށް އެދެވޭ ބަދަލުތައް ގެނައުމުގެ އަމާޒުގައި ހުށަހަޅާފައިވާ ބައިނަލްއަގުވާމީ ސިލްސިލާގެ ތެރޭގައި ހިމެނޭ، ގްލޯބަލް ގަވަނަންސް އިނީޝިއެޓިވް (ޖީސީއައި) ތަޢާރަފުކޮށްދެއްވާފައެވެ.

ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމުގައިވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެ އެވެ. އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރި ވެއެވެ. އެގޮތުން ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ. 

ޗައިނާގެ ރައީސް ޝީގެ ދައުވަތަކަށް އެސްސީއޯ ސަމިޓަށް ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަތީ ހުކުރު ދުވަހެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;