ads
ދިއްދޫ އިސްލާމީ މަރުކަޒު
ދިއްދޫ އިސްލާމީ މަރުކަޒުގެ 99 ޕަސަންޓު ނިމިއްޖެ، އޮކްޓޯބަރުގައި ހުޅުވަނީ
ހއ. ދިއްދޫގައި 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ތަރައްގީކުރަމުން އަންނަ އިސްލާމީ މަރުކަޒުގެ މަސައްކަތުގެ 99 ޕަސަންޓު ނިމިފައިވާ ކަމަށާއި، އަންނަ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އެތަން ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން ބުނެފިއެވެ.
Advertisement

މިނިސްޓްރީގެ ވަފުދެއް ވަނީ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް އެރަށަށް މި ހަފްތާގައި ޒިޔާރަތްކޮށްފައެވެ.

އެއްފަހަރާ 1500 މީހުންނަށް ނަމާދު ކުރެވޭ ޖާގަ ހިމެނޭ މި މަރުކަޒުގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، މިހާރު ކުރިއަށް ދަނީ އެތެރޭގެ ފިނިޝިންގެ މަސައްކަތްތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ފަރުނީޗަރާއި އައިޓީ އިކުއިޕްމަންޓް ހޯދުމުގެ އިތުރުން، މަރުކަޒުގައި ގާއިމުކުރާ ލައިބްރަރީއަށް ފޮތް ހޯދުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން މަރުކަޒުގައި 450 މީހުންގެ ޖާގައިގެ މަލްޓި ޕާޕަސް ހޯލަކާއި، ހަތަރު ކްލާސްރޫމާއި ދެ ސެމިނާ ރޫމް އަދި އޮފީސް ޖާގައެއްވެސް ހިމެނެއެވެ.

ދިއްދޫގެ ހިއްކި ބިމުގައި ތަރައްގީކުރާ މި މަރުކަޒުގެ ސަބަބުން، އެ ރަށުގެ މިސްކިތުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ. ހާއްސަކޮށް، ރަށުގެ އާ އާބާދީއެއް ގާއިމުވަމުން އަންނަ އެ ސަރަހައްދުގެ ރައްޔިތުންނަށް މިއީ ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ. ގާތްގަނޑަކަށް 7000 މީހުން ދިރިއުޅޭ ދިއްދޫގައި މިހާރު ހަ މިސްކިތް ހުރިއިރު، ހުކުރު ކުރަނީ އޭގެ ތެރެއިން ތިން މިސްކިތުގައެވެ. މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް