ads
ފިނޭންސް މިނިސްޓްރީ-- ފޮޓޯ: ރާއްޖެއެމްވީ
ސްޓިމިއުލަސް ޕެކޭޖްގެ ލޯންތައް ދޫކުރެވޭނީ މިއަންނަ ހަފްތާ
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކުގެ ސަބަބުން މާލީ ގޮތުން ކުރިމަތިވާ ދަތިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުގެ ސްޓިމިއުލަސް ޕެކޭޖްގެ ދަށުން ދޫކުރާ ލޯންތައް ދޫކުރަން ފަށާނީ އަންނަ ހަފްތާގައި ކަމަށް މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

މާލީ އެހީތެރިކަން ބޭނުން ވެފައިވާ ބޮޑެތި ކުންފުނި ތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ތަކަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯން ތައް ދޫކުރުމަށް މި ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް އިކޮނިމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވަނީ ވިދާޅުވެފައެވެ. 

އެހެން ނަމަވެސް މިހާރު މި ލޯނުތައް ދޫކުރުން އަންނަ ހަފްތާ އަށް ލަސްވެފައި ވާކަމަށާއި ލޯނު ތަކާއި ބެހޭ އިތުރު ތަފްސީލްތައް ފިނޭންސް މިނިސްޓްރީ އިން ވަރަސް އަވަހަށް ހާމަ ކުރައްވާނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓަރު ވަނީ މިހާރު ކުރިއަށް ދަނީ ފޯމުތައް ޕްރޮސެސް ކުރުމުގެ މަސައްކަތްތައް ކަމަށް ވިދާޅުވެފަ އެވެ. 

އެސްއެމްއީ ބޭންކަށް އެކަނި ވެސް 700 އެއްހާ ފޯމު ހުށަހަޅާފައިވާއިރު މިއިން ކޮންމެ ފަރާތަކަށް ފައިސާ ދޫނުކުރެވިދާނެ ކަމަށާއި އެހެން ނަމަވެސް އުސޫލުތަކުގެ ތެރެއިން 150-200 އެއްހާ ދެމެދުގެ ވިޔަފާރިތަކަށް ފައިސާ ފޯރުކޮށްދެވޭނެ ކަމަށް ވެސް މިނިސްޓަރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. 

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވެސް މިވަގުތު ފޯމުތައް ޕްރޮސެސް ކުރަމުން އަންނައިރު މިކަމުގެ ތަފްސީލު އަދި ނޭނގޭކަން ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ސްޓިމިއުލަސް ޕެކޭޖުގެ ދަށުން 10 މިލިއަނަށް ވުރެ މަތިން އާމްދަނީ ލިބިފައިވާ ރިސޯޓުތަކަށް ލޯނު ހުޅުވާލާނީ ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ކަމަށާއި 10 މިލިއަނަށް ވުރެ ދަށުން އާމްދަނީ ލިބިފައިވާ ރިސޯޓްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ހުޅުވާލާނީ އެސްއެމްއީ ޑިވެލޮޕްމެންޓް މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް