ads
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފް
ރީޖަނަލް އެއާޕޯޓްސް އުވާލައި، ހުރިހާ އެއާޕޯޓެއް އެމްއޭސީއެލްގެ ދަށަށް
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ހިންގަމުން އައި ޑޮމެސްޓިކް އެއާޕޯޓުތަކުގެ ހުރިހާ އޮޕަރޭޝަންތަކެއް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ދަށަށް ބަދަލުކޮށްފިއެވެ.
Advertisement

މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ މަގުސަދުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ގެންނެވި މުހިންމު ބަދަލެކެވެ. މިކަމާ ގުޅޭ ގޮތުން ރައީސް މީގެ އަހަރެއްހާ ދުވަސް ކުރިން ވަނީ ވާހަކަ ދައްކަވާފައެވެ.

ރީޖަނަލް އެއާޕޯޓްސް އިން ހިންގަމުން އައި ނުވަ އެއާޕޯޓާ އެ ކުންފުނިން ހަވާލުވީ މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. ނަމަވެސް އެއާޕޯޓުތަކާ ހަވާލުވިއިރު އެ ތަންތަނުގެ ހާލަތު އޮތީ ވަރަށް ދަށްވެފައި ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ހާއްސަކޮށް ބައެއް އެއާޕޯޓްތަކުގެ ފަޔާ ފައިޓިން އިކްއިޕްމެންޓްތައް މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ހިދުމަތް ދެވެން ނެތް ފަދަ ހާލަތެއްގައި ހުރިކަމަށް އެމްއޭސީއެލްއިން ބުންޏެވެ. 

މި ބަދަލާއެކު، ކުރިން އައިލެންޑް އޭވިއޭޝަނުން ބަލަހައްޓަމުން އައި މި އެއާޕޯޓްތަކުގެ ގްރައުންޑް އޮޕަރޭޝަންތައް ވެސް މިހާރު ހިންގާނީ އެމްއޭސީއެލް އިންނެވެ. އަދި ރީޖަނަލް އެއާޕޯޓްސްގެ މުވައްޒަފުން ވަނީ އެމްއޭސީއެލްގެ ދަށަށް ބަދަލުކޮށްފައެވެ. 

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް