
މިއީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުއައްސަސާއެއްގެ މުވައްޒަފުންގެ ގާބިލުކަން ކަނޑައެޅުމަށް މިފަދަ އޮނިގަނޑެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. މި ފްރޭމްވަރކްގެ ސަބަބުން ކޮމިޝަނުގެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.
މި އާ އޮނިގަނޑުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ކޮންމެ މަގާމަކަށް ބޭނުންވާނެ ހުނަރާއި ސިފަތައް ބަޔާންކުރުމާއި، މުވައްޒަފުން ތަމްރީނުކޮށް ތަރައްގީކުރަންވީ ދާއިރާތައް ދެނެގަތުން ހިމެނެއެވެ. މީގެ އިތުރުން މުވައްޒަފުންނަށް ކުރިއެރުމަށް ބޭނުންވާނެ މަގުޗާޓެއް އެކުލަވާލުމަކީވެސް މި ފްރޭމްވަރކްގެ ބޭނުމެކެވެ. މި އޮނިގަނޑު ބިނާވެފައިވަނީ "ޖެނެރަލް ކޮމްޕީޓެންސީ"، "ޓެކްނިކަލް ކޮމްޕީޓެންސީ" އަދި "މެނޭޖީރިއަލް ކޮމްޕީޓެންސީ" މި ތިން ބާވަތުގެ މައްޗަށެވެ. މިއާއެކު މުވައްޒަފުންނަށް ތަމްރީނު ދިނުމާއި، ވަޒީފާއަށް މީހުން ނެގުމާއި އަދި މުވައްޒަފުންގެ މަސައްކަތް ވަޒަންކުރުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.
މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަހުމޫދު ޝައުގީ ވިދާޅުވީ މި ފްރޭމްވަރކަކީ އޭސީސީގެ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމެއް ކަމަށާއި މުވައްޒަފުން ކުރާ ހިތުން މަސައްކަތް ކުރުމުން ހިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.