ads
ޝަންޓަނޫ މަހޭޝްވަރީ
ބޮލީވުޑުން ހަގީގީ ލޯބީގެ ވާހަކަތައް ހަދަން ހަނދާން ނެތިއްޖެ: ޝަންޓާނޫ
"ގަންގޫބާއީ ކަތިޔާވާޑީ" ބޮލީވުޑް ފިލްމުން މަޝްހޫރުވި އެކްޓަރު ޝަންޓަނޫ މަހޭޝްވަރީ ހަގީގީ ލޯބީގެ ވާހަކަތައް ހަދަން ހަނދާން ނެތިއްޖެ ކަމަށް އޭނާ ބުނެފި އެވެ.
Advertisement

ހިންދުސްތާން ޓައިމްސް އަށް އޭނާ ދިން އިންޓަވިއު އެއްގައި އޭނާ ވަނީ ބޮލީވުޑް ފިލްމުތަކުގައި މަދުވެފައިވާ ހަގީގީ އިހުސާސްތައް ކޮރިއަން ޑްރާމާތަކުން ލިބޭތީ، މީހުން އެ ޑްރާމާތަކަށް ޝައުގުވެރިވެފައިވާ ކަމަށް ބުނެފަ އެވެ. 

މިހާރު، އޭނާގެ އަންނަން އޮތް ފިލްމު "ލަވް އިން ވިއެޓްނާމް" އިން އެ ޖާދޫ އަނބުރާ ގެނައުމަށް އުންމީދު ކުރެވޭ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. ސެޕްޓެންބަރު 12 ގައި ރިލީޒްކުރާ މި ފިލްމުގައި އޭނާއާއެކު އަވްނީތް ކައުރު އަދި ވިއެޓްނާމީ އެކްޓްރެސް ކާ ގަން ވެސް ހިމެނެއެވެ.

މި ފިލްމަކީ "މެޑޮނާ އިން އަ ފާ ކޯޓް" ނަމަކަށް ކިޔާ ނޮވެލްއެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ރޮމެންޓިކް ޑްރާމާއެކެވެ. އަދި މިއީ އިންޑިޔާ އާއި ވިއެޓްނާމް ގުޅިގެން ހަދާފައިވާ މަދު ފިލްމުތަކުގެ ތެރެއިން އެއްް ފިލްމު ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ. 

ޝަންޓަނޫ ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި ތެދުވެރިކަމާއި އިހުސާސްތަކާއެކު ކިޔައިދޭނަމަ، ލޯބީގެ ވާހަކަތައް މިހާރުވެސް ކާމިޔާބު ވާނެ ކަމަސެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް