ފުވައްމުލައް ސިޓީ އެއާޕޯޓް ހުއްޓުމުކަަށް އައީ އެތަނުގައި ބޭނުންކުރާ ބޭނުންކުރާ ފަޔާ ޓްރަކްގެ ހޮޅިއެއް ފަޅައިގެން ގޮސް ގެންނެވެ. ފަޔާ ޓްރެކް ހަލާކުވުމުން، ދިވެހިރާއްޖޭގެ ގައުމީ އެއާލައިން ކަމަށްވާ އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (މޯލްޑިވިއަން) އިން ފުވައްމުލަކަށް ކުރަމުންދިޔަ ހުރިހާ ދަތުރުތަކެއް ވެސް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް އިއުލާންކޮށްފައެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ރޭ ވަނީ އައްޑޫއިން ފުވައްމުލަކަށް ފަޔާ ލޮރީ ލޭންޑިން ކްރާފްޓެއްގައި ގެންގޮސްފައެވެ.
އެއާޕޯޓް ވަގުތީ ގޮތުން ބަންދުކުރުން އިއްޔެ ދަތުރުނުކުރެވުނު ބައެއް ފަސިންޖަރުން، އާރްޓީއެލް ފެރީ މެދުވެރިކޮށް އައްޑޫ ސިޓީއަށް ގެންގޮސް، ގަން އެއާޕޯޓު މެދުވެރިކޮށް ފުރުމުގެ އިންތިޒާމުވެސް އިއްޔެ ހަމަޖެއްސިއެވެ.