
މިކަން އަބްދުއްރަހީމް ހާމަކުރީ އޭނާގެ މާލީގެ ބަޔާނުގައެވެ.
އަބްދުއްރަހީމްގެ މާލީގެ ބަޔާނުގައިވާ ގޮތުން މިއަހަރު އޭނާއަށް ވަނީ ހެޔޮއެދޭ ފަރާތްތަކުން 958982.48 ރުފިޔާ ދީފައެވެ. އެ ފައިސާ އޭނާއަށް ދިނީ ދަތުރުފަތުރު ކުރުމަށާއި ކްރެޑިޓް ކާޑުތަކަށް ފައިސާދެއްކުމަށް ކަމަށެވެ.
އަބްދުއްރަހީމްގެ މާލީގެ ބަޔާނުގައިވާ ގޮތުން މިދިޔަ އަހަރެއްގެ ތެރޭގައި މުސާރައިގެ ގޮތުގައި އޭނާއަށް ވަނީ 658894.95 ރުފިޔާ ލިބިފައެވެ.
އަބްދުއްރަހީމުގެ މާލީ ބަޔާނުގައި ވާ ގޮތުން 2017 ވަނަ އަހަރު އޭނާ ރެހެންދި ފްލެޓްވެސް ގަތީ ހެޔޮއެދޭ ފަރާތްތަކުން ދިން އެހީތެރިކަމާއި އަމިއްލައަށް އެއްކުރި ބައެއް ފައިސާއިންނެވެ. އެ ފްލެޓް އަބްދުއްރަހީމް ގަނެފައިވަނީ 4.5 މިލިއަން ރުފިޔާއަށެވެ.
މީގެއިތުރުން އަބްދުއްރަހީމް އަތުގައި އަތުގައި 3.5 މިލިއަން ރުފިޔާގެ ކަނޑު އުޅަނދެއް އޮވެއެވެ. އަދި 67،000 ރުފިޔާގެ ސައިކަލެއްވެސް އޭނާގެ ނަމުގައި ހުރެއެވެ.
މާލީ ބަޔާނުގައި ބުނީ މިދިޔަ ޖުލައި މަހުގެ 2 ގެ ނިޔަލަށް އޭނާގެ ބޭންކު އެކައުންޓުގައި ހުރީ އެންމެ 101،698 ރުފިޔާކަމަށެވެ،