ads
އުމަރު ނަސީރު
މުއިއްޒު ސަރުކާރުން އުޅެނީ ހުރިހާ ބާރެއް އަތަށް ނަގަން: އުމަރު
މިއަދު މިއޮތް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އުޅެނީ ހުރިހާ ބާރެއް އަތަށް ނަންން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަޝީރު ވިދާޅުވެއްޖެ އެވެ.
Advertisement

"ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ މިހާރު މަޖިލީހަށް ލާފައި އޮތް ބިލަކީ ސަރުކާރުން މީޑިޔާތަކުގެ އަޑު ކަނޑުވާލަން ލައިގެން އުޅޭ ބިލެއް ކަމަށާއި މި ބިލް އޮތީ ވަރަށް ހަރުކަށިކޮށް ތައްޔާރު ކުރެވިފައި ކަމަށެވެ. 

އުމަރު އިތުރަށް ވިދާޅުވީ އެންމެ ފުރަތަމަވެސް ސަރުކާރުން ވަނީ ޕީޕީއެމް އާއި ދިމާކޮށް ޕީޕީއެމް ނެތިކޮށްލާފައި ކަމަށާއި ދެން ދިމާ ކުރީ ކޯޓުތަކާއި ކަމަށެވެ. ކޯޓުތައް ސަރުކާރުގެ ބާރުގެ ދަށަށް ގެނެއުމަށް ފަހު މިހާރު އެ ދިމާކުރަނީ މީޑިޔާތަކާއި ކަމަށާއި ދެން ދިމާކުރަނީ އިލެކްޝަން ކޮމިޝަނާއި ކަމަށް ލަފާ ކުރެވޭ ކަމަށް އުމަރު ފާހަގަ ކުރެއްވި އެވެ. 

"މިކަންކަމުންވެސް ވެސް ފެނިގެންދަނީ ސަރުކާރުން ބޭރު އަތް ދަށުލާން ކުރާ މަސައްކަތް މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން" މިހާރު މަޖިލީހަށް ހުށަހަޅާފައިވާ މިނިވަން މީޑިއާ ނައްތައިލާ ބިލާ ގުޅުވާ އުމަރު ވިދާޅުވި އެވެ.

 

އުމަރު ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ރާއްޖެ ފަދަ ޑިމޮކްރަޓިކް ގައުމެއްގައި ވަރަށް މުހިންމު އެއްޗެއް ކަމަށާއި ނޫސްވެރިން އަތްދަށުލާން ނުވަތަ އެ މީހުންގެ އަޑު ކަނޑުވާލަން މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. 

ނޫސްވެރިންނައް ފިޔަވަޅު އަޅަން ފަށައިފިއްޔާ ދެން ފެނިގެން ދާނީ ކާކުކަން ނޭންގޭ ޑަމީ އެކައުންޓްތަކުން ސޯސަލް މީޑިޔާގައި މީހުންގެ އަބުރު ކަތިލަމުން ދާ މަންޒަރު ކަމަށް އުމަރު ވަނީ ފާހަގަ ކުރައްވާފައި އެވެ. 

އުމަރު އިތުރަށް ވިދާޅުވީ މި ގޮތަށް ނޫސްވެރިން އަތްދަށުލައިފި ކަމަށްވާ ސަރުކާރުން ދެން ޖެހޭނީ ކުރިޔަށް އޮތް 3 އަހަރު އަބަދުވެސް ޑިފެންސަށް ކުޅެން ކަމަށާއި އެއީ އެއްގޮތަކަށްވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. 

އުމަރު ފާހަގަ ކުރެއްވި ގޮތުގައި ނޫސްވެރިން މީހުންގެ އަބުރު ކަތިލާ ވާހަކަ އަކީ އެއްގޮތަކަށްވެސް ތެދުވާހަކަ އެއް ނޫން ކަމަށާއި އެ ވާހަކަ އެ ގޮތަށް ދައްކައިގެން ސަރުކާރުން އެ އުޅެނީ ވަރުގަދަ ގޭމެއް ކުޅެން ކަމަށެވެ. 

އެ ގޭމް ކުޅެ ނިމޭ އިރު ހުރިހާ ބާރެއް އޮންނާނީ ސަރުކާރުގެ އަތުގައި ކަމަށާއި އެކަން އެގޮތަށް ވާތަން ބަލަން ބޭނުން ނުވާކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. 

މީޑިއާ ރެގިއުލޭޓު ކުރަން އެކުލަވާލާ ކޮމިޝަނެއްގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެންބަރުންތަކެއް ތިބެން ލާޒިމުކޮށް ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. ބިލުގައިވާ ގޮތުން ކޮމިޝަނުގެ ރައީސް އައްޔަން ކުރަންޖެހެނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

އެ ބިލު ރައީސް މުހައްމަދު މުއިއްޒުގެ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ސުޕަމެޖޯރިޓީއިން ބަލައިގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އަންނަނީ ދިރާސާ ކުރަމުންނެވެ. ކޮމިޓީން ވަނީ މިފަހުން ވަނީ ނޫސްވެރިންނާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ނޫސްވެރިން އެދުނީ ބިލު ބޭރުކޮށްލުމަށެވެ. ބައެއް ނޫސްވެރިން ވަނީ މި ބިލާ ދެކޮޅަށް އަޑުއުފުލާތީ އިންޒާރުތައް ލިބެމުން އަންނަކަން ވެސް ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އެ ބިލު ބޭރުކޮށްލުމަށް ރާއްޖޭގެ ނޫސްވެރިންނާއި ހައްގުތަކަށް ވަކާލާތު ކުރާ ބޭރުގެ ވަރަށް ގިނަ ޖަމިއްޔާތަކުން ވެސް ދަނީ ގޮވާލަމުންނެވެ. އެކަމަކު، ސަރުކާރުން މިހާތަނަށް އެކަންކަމަށް ޖަވާބެއް ނުދެ އެވެ. ގިނަ ބަޔަކު ބުނަނީ، މިއީ އެފަދަ ބިލެއް ހުށަހެޅި ދެ ވަނަ ފަހަރު ކަމުން މި ފަހަރު އެ ބިލު ފާސް ކުރާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް