ads
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު
މެމްބަރު އަސްމާ ނަން މަތީ މުދަލެއް، ގެއެއް ނެތް
މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދުގެ އެއްވެސް މުދަލެއް އަދި ގެއެއްވެސް ނުހުންނަ ކަމަށް އޭނާ ބުނެފިއެވެ.
Advertisement

މަޖިލީހުން މިއަދު އާއްމުކުރި އަސްމާގެ މާލީ ބާޔާނުގައިވާ ގޮތުން އަމިއްލަ ނަމުގައި ރާއްޖެއިން ބޭރުގައި އަދި ރާއްޖޭގައިވެސް ބިމެއް، އިމާރާތެއް، ފްލެޓެއް އަދި ގެދޮރެއް ވެސް އޭނާގެ ނެތެވެ. 

އެ ބަޔާނުގައިވާ ގޮތުން އަސްމާއަށް މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި މުސާރައިގެ ގޮތުގައި ލިބުނީ 973,830 ރުފިޔާއެވެ. މީގެ އިތުރުން ކުންފުންޏާއި ޕާޓްނާޝިޕް ހިއްސާގެ ފައިދާގެ ގޮތުގައި މިދިޔަ އެއް އަަރު ދުވަހުގެެ ތެރޭގައި 1.1 މިލިއަން ރުފިޔާ އަސްމާއަށް ލިބިފައިވާކަމަށް އޭނާގެ މާލީ ބަޔާނުގައިވެއެވެ. 

އެ ބަޔާނުގައިވާ ގޮތުން އަސްމާގެ އަމިއްލަ ނަން މަތީ ބޭންކު އޮފް ސިލޯނު މާލޭ ބްރާންޗުގައި އޮންނަ އެކައުންޓުގައި  ހުރީ 81،152.50 ރުފިޔާއެވެ. އޭނާގެ ނަމުގައި އެއްވެސް ލޯނެއް ނެތްކަމަށްވެސް މާލީ ބަޔާނުގައިވެއެވެ. އެހެންނަމަވެސް ބީއެމްއެލްގެ ރުފިޔާ ކްރެޑިޓް ކާޑުން64،621 ރުފިޔާ އަދި ޑޮލަރު ކްރެޑިޓުު ކާޑުން 9،395 ޑޮލަރު ބޭނުންކޮށް އަދި ނުދައްކާ އެބައޮތްކަމަށް އަސްމާގެ މާލީ ބަޔާނުގައިވެއެވެ. 

މީގެކުރިންވެސް މަޖލިސް މެމްބަރުކަން ކުރައްވާފައިވާ އަސްމާ ވަނީ އޭނާ އާއި އޭނާގެ ބޭފުޅުންގެ ނަން މަތީގައި އޮތް މ. ކޮތަންމާގޭގައި ހިމެނޭ ގޯއްޗެއް 19 މިލިއަން ރުފިޔާއަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ވިއްކާލާފައެވެ. 

އެހެންނަމަވެސް ކުރިމް ސްޓާ ސިނަމާ ހުރި ބިމުގައި މިހާރު ހަދާފައިވާ ސްޓާކުލައުޑް އިމާރާތަކީ އަސްމާގެ އާއިލީ އިމާރާތެކެވެ. އެއިމާރާތުގައި ގިނައިން ހުރީ ސަރުކާރު އޮފީސްތަކެވެ. އޭގެތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ތަންތަން ހިމެނެއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް