ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ފޮޓޯއާއި ވީޑިއޯއިން ފެންނަ ގޮތުގައި ފުރޮޅާލާފައިވަނީ މާލޭން ހުޅުމާލެއަށް ދަތުރު ކުރި ލޮރީއެކެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެއެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ފުރޮޅާލާފައިވަނީ ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ އުޅަނދެކެވެ.
ހައިވޭ މަތީގައި އަދި މާލޭގެ އެކި ސަރަހައްދުތަކާއި ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑޭންޓްތަކުގައި މީހުންނަށް އެކިވަރުގެ އަނިޔާ ލިބި، މީހުން މަރުވެފައި އެބަހުއްޓެވެ.