
ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލު ކަން ހޯދާފައިވާ މި ފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހު އެ ފިލްމަށް 18 މިލިއަން ރުޕީސްގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ. އިންޑިއާގައި ހޮލީވުޑްގެ ހޮރޯ ފިލްމަކަށް މިހާ ބޮޑު އާމްދަނީއެއް ލިބުމަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށާއި މިއީ އެ ގައުމުގައި ކޮންޖިއުރިން ސީރީސްގެ މަގުބޫލުކަން އިތުރުވަމުންދާކަން ދައްކުވައިދޭ ހެއްކެއް ކަމަށް ވެސް ރިޕޯޓް ތަކުން ބުނެ އެވެ.
މި ފިލްމުގައި މުހިންމު ރޯލުތަކުން ފެނިގެންދަނީ ޕެޓްރިކް ވިލްސަން އަދި ވެރާ ފާމީގާ އެވެ. މި ދެ ތަރިން ފެނިގެންދާނީ މީގެ ކުރީގެ ބައިތަކެކޭ އެއްފަދައިން، މަޝްހޫރު ޕެރަނޯމަލް އިންވެސްޓިގޭޓަރުން ކަމަށްވާ އެޑް އަދި ލޮރެއިން ވޯރަންގެ ރޯލުތަކުންނެވެ. މައިކަލް ޗޭވްސް ޑައިރެކްޓް ކޮށްފައިވާ މި ފިލްމަކީ، ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ކޮންޖިއުރިން" ޓްރިއޯލޮޖީގެ އެންމެ ފަހު ބައެވެ.
މި ފިލްމަށް މިހާ ރަނގަޅު ފެށުމެއް ލިބުނީ މައިގަނޑު ގޮތެއްގައި ފިލްމު ބޮޑެތި ސިނަމާތަކަށް ނެރެފައިވުމާއި، ފޭނުންގެ ތެރޭގައި އޭގެ ކުލަގަދަ އިންތިޒާރެއް އޮތުމުން ކަމަށް ވެސް ރިޕޯޓް ތަކުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ފިލްމަށް ލިބެމުންދާ ކުރީކޮޅުގެ ރިވިއުތައްވެސް ގިނަ ގޮތެއްގައި ހުރީ ޕޮޒިޓިވްކޮށް ކަމަށާއި މިއީވެސް އިތުރު ބެލުންތެރިން ފިލްމު ބެލުމަށް ދަމައިގަންނަން އެހީއެއް ކަމަށް ރިޕޯޓް ތަކުން ބުނެ އެވެ.