ads
ބްރެޒިލްގެ މިނިވަންދުވަސް ފަހަގަ ކުރުމުގެ ތެރެއިން
އެދެނީ ބްރެޒިލް އާއި އޮތް ގުޅުން އިތުރަށް ބަދަހިވުން: ރައީސް
ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ލުއިސް ލުލާ ޑެ ސިލްވާއަށާއި އެގައުމުގެ ރައްޔިތުންނަށް ރައީސް ޑރ. ހަޙައްމަދު މުއިއްޒު ފޮނުއްވައިފި އެވެ.
Advertisement

ރައީސް މުއިއްޒު އެކްސްގައި ކުރެއްވ ޕޯސްޓެއްގައި ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ބްރެޒިލްގެ ރައީސް އިނާސިއޯ ލުއާ ޑަ ސިލްވާ އަށް އަރިސްކޮށްފަ އެވެ. އަދި ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައްޔިތުންނާއި ސަރުކާރަށް އަރިސްކޮށްފައި ވެއެވެ.

ބްރެޒިލްއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 40 އަހަރުވާން ގާތްވެފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދެ ގައުމަށްވެސް ފައިދާ ހުރިކަންކަމުގައި ގުޅިގެން މަސައްކަތްކުރުމުގައި ރާއްޖެއިން ދެމިއޮންނާނެ ކަމަށެވެ.

އަދި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާގޮތަށް ލަނޑުދަނޑިތައް ކަނޑައަޅައި ކުރިއަށްދާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖެއާއި ބްރެޒިލްއާ ދެމެދު ރަސްމީކޮށް ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް