ads
ހަނދުކޭތަ
މިރޭ ހަނދު ކޭތަ: ރާއްޖޭގެ އުޑުމަތި ސާފުވާނެ
މިއަދު ރޭ ދިވެހިރާއްޖެއަށް ހަނދު ކޭތައެއް ފެންނާނެ ކަމަށް ލަފާކުރެވޭއިރު، ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުޑުމަތި ސާފުވެ، މި ކޭތަ ރަނގަޅަށް ފެންނާނެ ކަމަށް މެޓް އޮފީހުން ބުނެފިއެވެ.
Advertisement

މެޓުން ބުނީ މިރޭ މޫސުން އާންމު ގޮތެއްގައި ރަނގަޅުވާނެ ކަމަށާއި، ވިލާ މަދުވުމުގެ ސަބަބުން ކޭތަ ފެންނަން ފަސޭހަވާނެ ކަމަށެވެ. މިއީ، އެތައް ޒަމާނަކު ފަހުން ފެންނަ "ބްލަޑް މޫން" އަކާ އެކު ފުރިހަމަ ހަނދު ކޭތައެއް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ އުތުރާއި މެދު ތެރޭގެ ހިސާބުތަކަށް އުޑުމަތި ސާފުވެ، ވިލާ ކޮޅެއް ވެސް ނޯންނާނެއެވެ. ނަމަވެސް، އައްޑުއަށް ކޮންމެވެސް ވަރަކަށް ވިލާކޮޅެއް އުޅުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އޮފީހުން ބުނެއެވެ.

މި ހަނދު ކޭތަ ހިފަން ފަށާނީ މިރޭ 8:28 ގައި ކަމަށް ލަފާކުރެވޭއިރު، ފުރިހަމަ ކޭތަ ހިފާ ހަނދު އެއްކޮށް ގެއްލޭނީ 10:30 ގައެވެ. މި ފުރިހަމަ ކޭތަ ނިމޭނީ އެއް ގަޑިއިރާއި 22 މިނެޓް ފަހުން 11:52 ގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި ކޭތަ އެއްކޮށް ނިމޭނީ މެންދަމުން އަލިވެ 1:55 ގައެވެ. މިރޭގެ ކޭތައަކީ އިރާއި ދުނިޔެއާއި ހަނދު އެއް ސީދާ ރޮނގަކަށް އައުމުގެ ސަބަބުން ހަނދަށް ދުނިޔޭގެ ހިޔަނި އެޅި، ހަނދު ލޭ ކުލައިން ފެންނަ "ބްލަޑް މޫން" ކޭތައެކެވެ.

މި ހަނދު ކޭތައާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފައެވެ. މިނިސްޓްރީން ރަށްރަށުގެ ކައުންސިލްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައި ވަނީ މިރޭ 11:12 ގައި ކޭތަ ނަމާދު ކުރުމަށެވެ. ކޮންމެ ރަށެއްގައި ވެސް ކޭތަ ނަމާދު ކުރާނީ އެންމެ ބޮޑު މިސްކިތުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް