ޝިފްޒާ އައްޔަންކޮށްފައި ވަނީ މިފްކޯގެ ޕީއާރު ސީނިއާ މެނޭޖަރުކަމަށެވެ. އެ ކުންފުނިން ވަނީ އޭނާ ޓީމާ ގުޅުމުން މަރުހަބާ ކިޔާފައެވެ.
ބްރޯޑްކޮމަށް އައްޔަންކުރަން ފޮނުވި ނަންތަކުގެ ތެރެއިން ކޮމެޓީ މަރުހަލާގައި ދެވަނައަށް އެންމެ ގިނަ ވޯޓް ލިބުނީ ޝިފްޒާ މުސްތަފާ އަށެވެ. އެހެންނަމަވެސް އެ ނަމަށް ވޯޓަށް އެހުމުން އޭނާގެ ނަން ފާސްކުރުމާ ދެކޮޅަށް 50 މެމްބަރުން ވޯޓް ދެއްވިއެވެ. ފެންނަ ކަމަށް ވޯޓް ދެއްވީ 11 މެމްބަރުންނެވެ.
ޝިފްޒާގެ ބަދަލުގައި ކޮމިޝަނަށް އައްޔަންކުރީ ކުރީގެ މެމްބަރު މުހައްމަދު އަބްދު ﷲ (މުހައްމާ) އެވެ.