ads
ފައިނު ރައްޔިތުންގެ ފަރާތުން، ރޯޔަލް އައިލެންޑު ކަރަންޓީން ފެސިލިޓީއަށް ކަރާ ހަދިޔާކުރަން ތައްޔާރުވަނީ.-- ފޮޓޯ: ހަސަން ވަހީދު
ކަރަންޓީނު ފެސިލިޓީއަކަށް ފައިނުގެ ރައްޔިތުންގެ ފަރާތުން ކަރާ ހަދިޔާކޮށްފި
ރ. ފައިނުން ބައި ޓަނު (500 ކިލޯ) ގެ ކަރާ ރޯޔަލް އައިލެންޑުގައި ހުންނަ ކަރަންޓީނު ފެސިލިޓީއަށް ހަދިޔާކޮށްފި އެވެ.

އެކަމާއި ގުޅިގެން އިސްކޮށް އުޅުނު ޒުވާނަކު ބުނި ގޮތުގައި ކަރަންޓީން ފެސިލިޓީއަކަށް ކަރާ ހަދިޔާކުރަން ނިންމީ ކޮވިޑް-19 އާ ދެކޮޅަށް އެތަންތަނުގައި އުޅޭ ފަރާތްތަކުން ކުރާ ބުރަ މަސައްކަތް ފާހަގަކޮށް ހިތްވަރުދިނުމަށެވެ. 

އޭނާ ބުނީ ލޯޔަލް އައިލެންޑުގައި ހުންނަ ކަރަންޓީން ފެސިލިޓީއަށް ކަރާ ހަދިޔާކުރިއިރު މިތަނަށް ކަރާ ފޮނުވުމަށް އެރަށުގެ ހުރިހާ ގެއަކުން ވެސް އެހީތެރިކަން ފޯރުކޮށްދިން ކަމަށެވެ. 

މިފަހަރު އަދި ލޯޔަލް އައިލެންޑުގެ ކަރަންޓީން ފެސިލިޓީއަށް އެކަނި ކަރާ ހަދިޔާ ކުރެވުން ނަމަވެސް ކުރިއަށް އޮތް ތަނުގައި ވެސް ކަރަންޓީން ފެސިލިޓީތަކުގައި އުޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ފައިނު ރައްޔިތުން ދެމިތިބޭނެ ކަމަށް ވެސް އޭނާ ބުނެ އެވެ.  

އެރަށުން ހަދިޔާކުރި ކަރާތައް ލޯޔަލް އައިލެންޑަށް ގެންގޮސްދީފައި ވަނީ އެމްއެންޑީއެފުންނެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގިނަ ކަރަންޓީނު ފެސިލިޓީތަކެއް ހަދާފައިވާއިރު މިހާރު ވެސް ކަރަންޓީން ފެސިލިޓީތަކުގައި 1،201 އަށް ވުރެ ގިނަ މީހުން އެބަތިއްބެ އެވެ. އަދި ސަރުކާރުން އަންނަނީ މިތަންތަނުގައި އުޅޭ ކޮންމެ މީހެއްގެ ބޮލަކަށް 750 ރުފިޔާ ހަރަދުކުރަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް