ads
ބޮލީވުޑް ގެ މަޝްހޫރު ފިިލްމީތަރި ޝަނާޔާ ކަޕޫރް
"ސްޓޫޑެންޓް އޮފް ދަ އިޔާ 3" ގައި ޝަނާޔާ ދެ ރޯލް އަކުން ފެނިގެންދާނެ
ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޝަނާޔާ ކަޕޫރު، އޭނާގެ ކުރިއަށް އޮތް ޕްރޮޖެކްޓް ކަމަށްވާ "ސްޓޫޑެންޓް އޮފް ދަ އިޔާ 3" ގައި ދެ ރޯލެއް ކުޅުމަށް ތައްޔާރުވެ ދެ ރޯލުން ވެސް ފެނިގެން ދާނެ ކަމަށް އެ ގައުމުގެ ރިޕޯޓް ތަކުން ބުނެފި އެވެ.
Advertisement

މިފަހަރުގެ "ސްޓޫޑެންޓް އޮފް ދަ އިޔާ 3" ގެ ސިލްސިލާ އަންނާނީ މީގެ ކުރީގެ ދެ ބަޔާ ހިލާފަށް، ފިލްމެއްގެ ގޮތުގައި ނޫން ކަމަށާއި ވެބް ސީރީޒް ގެ ގޮތުގައި ކަމަށް ވެސް ރިޕޯޓް ތަކުން ބުނެފައި ވެއެވެ. މި ސީރީޒުން ކެމްޕަސް ދިރިއުޅުމާއި، ޑްރާމާ އަދި ގުޅުންތަކަށް އައު ގޮތަކަށް ބަލާލެ ވޭނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޝަނާޔާގެ ދެ ރޯލަކީ މި ސީރީޒްގެ އެންމެ މުހިންމު އަދި އެންމެ ފާހަގަކޮށްލެވޭ ކަމަކަށް ވާނެ ކަމަށް ބެލެ ވެއެވެ. "އާކޯން ކީ ގުސްތާކިޔާން" އިން ވިކްރާންތު މަސީއާ އެކު ފެނިގެންދިއުމަށްފަހު، މިއީ އޭނާގެ އެންމެ ބޮޑު އަދި މުހިންމު އެއް މަސައްކަތުގެ ގޮތުގައި ފާހަގަ ކުރެވޭނެ ކަމަށް ވެސް ރިޕޯޓް ތަސް ބުނެ އެވެ.  

މި ސީރީޒްގެ މަސައްކަތް އަންނަ އަހަރުގެ އޭޕްރީލް މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ތަފާތު ކެރެކްޓަރާއެކު ޝަނާޔާ ސްކްރީނަށް ގެނެސްދޭނެ ކަންކަން ދެކެލުމަށް ފޭނުން ތިބީ ވަރަށް އިންތިޒާރުގަ އެވެ.

                   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް