ލޯބިވެރިޔާއަށް ބުރަކަށި ކަހައިދިނުމަކީ ގުޅުން ބަދަހިކޮށް، ލޯބި އިތުރުކުރާކަމެއްކަމަށް ނަވްބަރަތު ޓައިމްސް އިން އާންމުކުރި ދިރާސާއަކުން ހާމަވެއްޖެއެވެ.

Advertisement
މި ދިރާސާ ބުނާ ގޮތުން މިކަމުގެ ސަބަބުން ލޯބި 15 ޕަސަންޓަށް އިތުރުވެ، ސްޓްރެސް ކުޑަވެ، ނަފްސާނީ ހަމަޖެހުން ލިބެއެވެ.
"މި އާދައިގެ ގުޅުމުގެ ތެރޭގައި ދެމެދުގައި އިމޯޝަނަލް ގާތްކަން އުފައްދައި ހަރުދަނާކޮށްދޭ،" ކަމެއްގެ ގޮތުގައި ފާހަގަކުރެވޭކަމަށް އެ ދިރާސާގައި ބުނެފައިެވެ.
ޖިސްމާނީ ގުޅުމަކީ އިމޯޝަނަލް ގުޅުން ބަދަހިކުރުމުގައި ވަރަށް ބާރުގަދަ ދައުރެއް އަދާކުރާ ކަމެކެވެ.
ބުރަކަށި ކަހައިދިނުމަކީ 'ލޯބީގެ ހޯމޯނު' ގެ ގޮތުގައި މަޝްހޫރު އޮކްސިޓޯސިން ދޫކުރުމަށް މަގުފަހިކުރާ ކަމެއް ކަމަށް މި ދިރާސާގައި ފާހަގަކުރެއެވެ. އޮކްސިޓޯސިން އަކީ ގުޅުން ބަދަހިކުރުމާއި ހަމަޖެހުން ލިބުމާ ގުޅިފައިވާ ހޯމޯނެކެވެ. މިކަމުގެ ސަބަބުން ލޯބީގެ އިހުސާސްތައް ވަރުގަދަވެ، ސްޓްރެސް ލެވެލް ދަށްވެ، ދެމެދުގައި ހަމަޖެހުމާއި އުފާވެރިކަން އިތުރުވެއެވެ.
ބުރަކަށި ކަހައިދިނުން ފަދަ ކަންކަމުން، ގުޅުމުގައި ދެފަރާތުގެ މެދުގައި އިތުބާރު އުފައްދައި އިމޯޝަނަލް ގާތްކަން އިތުރުކުރެއެވެ.
މުމްބާއީގެ ރިލޭޝަންޝިޕް ސައިކޮލޮޖިސްޓެއް ކަމަށްވާ ޑރ. ޕްރިޔާ ޝަރުމާ ބުނީ "މިފަދަ ކުދިކުދި ކަންތައްތަކުން ގުޅުމުގެ ނަފްސާނީ ހަމަޖެހުމަށް ބޮޑު އަސަރެއް ކުރެ،" އެވެ.
މިކަމުގެ ސަބަބުން ގުޅުންތައް އިތުރަށް ހަރުދަނާވެ، އުފާވެރިކަން އިތުރުވާނެ ކަމަށް ދިރާސާއިން ދައްކައެވެ.