ads
ރާއްޖޭގައި އެކުއަކަލްޗާ ކުރިއަރުވަން ޗައިނާގެ ކުންފުންޏަކާއިއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ ތެރެއިން
ރާއްޖޭގައި އެކުއަކަލްޗާ ކުރިއަރުވަން ޗައިނާގެ ކުންފުންޏަކާއިއެކު އެއްބަސްވުމެއް
ރާއްޖޭގައި އެކުއަކަލްޗާ ކުރިއެރުވަން ޗައިނާގެ ކުންފުންޏަކާއިއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
Advertisement

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް މިހާރު ޗައިނާއަށް ކުރަމުން ގެންދާ ދަތުރުގެ ތެރެއިންނެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، ޗައިނާ ޕީޕަލްސް ރިޕަބްލިކްގެ ފުޖިއަން ފިޝަރީޒް ރިސާޗް އިންސްޓިޓިއުޓާއި ދެމެދުއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ މެރިން ރިސާޗް އިންސްޓިޓިއުޓްގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް މުހައްމަދު ޝިމާލްއެވެ.

މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި އެކުއަކަލްޗާއާ ގުޅޭ ދިރާސާތައް ކޮށް އެ ދާއިރާއިން ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތައާރަފުކުރުމެވެ. މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއާއި ޗައިނާއާ ދެމެދު އިލްމީ އަދި ޓެކްނިކަލް ގުޅުން އިތުރަށް ބަދަހިވެ، ކަނޑުގެ ދިރުންތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް