މިއަދު ހެނދުނު އައްޑޫ ސިޓީ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި 7 ގެއެއްގެ ފުރާޅު އެއްލާލާފައިވާކަމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ގެއްލުން ލިބިފައިވާ ގެއެއް
ސީއެންއެމްއާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު ވިދާޅުވީ މިއަދު ހެނދުނު 08:40 ގައި ވަރަށް ބޯކޮށް ވާރޭވެހި ވަރަށް ވައިގަވެ ގެތަކެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އެ ގޮތުން 7 ގެއެއްގެ ފުރާޅު އެއްލާޕާފައިވާކަމަށާއި އޭގެތެރެއިން އެއް ގެއެއްގެ ފުރާޅުގެ އެއްބައި އެއްކޮށް އެއްލާލާފައިވާކަމަށް ކައުންސިލް މެމްބަރު ހާލިދާ މުހައްމަދު ވިދާޅުވިއެވެ. އަދި އެރަށު ހިނަވާގޭ ފުރާޅު އެއްކޮށް އެއްލާލާ، ފުރާޅު ފެނުނީވެސް މާ ދުރުންކަމަށް އޭނާ ވިދާޅުވިއެވެ.