މީޑިއާ ބިލާ ގުޅިގެން ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން މެންބަރު އިބުރާހިމް ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ގަވާއިދުގެ ތެރެއިން މައުލޫމާތު ފަތުރާ ބަޔަކީ ތެދު ހަދާ ބަޔަކަށް ވާން ޖެހޭނެ ކަމަށެވެ.
ރައްޔިތެއްގެ އަބުރު ގެއްލިއްޖެއްޔާ އެމީހާއަކީ އެއްވެސް މީހަކަށް ނުވާނެތީ، އަބުރު ހިމާޔަތްކޮށްގެން އުޅެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މުވައްސަސާއެއް ރަޖިސްޓަރީކޮށްގެން ދޮގު ފަތުރަން ނުވާނެ ކަމަށާއި، އެކަހަލަ ކަމަކަށް ފުރުސަތު ނުދިނުމަށްޓަކައި އެއްކުރަން ޖެހޭ މާއްދާއެއް އެކުރުމަކުން އެކަމުގައި ގޯސްކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓިކް ޤައުމުތަކުގައިވެސް މީޑިއާތަކަށް ނުދެއްކޭ ޒާތުގެ ވާހަކަ ހުންނަ ކަމަށްވެސް މެންބަރު އިބުރާހިމް ވިދާޅުވިއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;