މަގާމުން އިސްތިއުފާދެއްވާ ސޫޒަން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްތިއުފާ ދެއްވީ، ބްރޭކެއް ނަގަން ވަރަށް ބޮޑަށް ބޭނުންވާތީ ކަމަށެވެ. ވަކިން ހާއްސަކޮށް އަމިއްލަ ޕްރޮޖެކްޓުތަކަށް އިސްކަން ދިނުމަށް ބޭނުންވާތީިކަމަށްވެސް ސޫޒަން ވިދާޅުވިއެވެ.
މަޓާޓޯގެ ސީއީއޯއަކަށް ސޫޒަން އައްޔަނުކުރީ ޖެނުއަރީ 27، 2024ގައެވެ.
ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ކުރައްވާފައިވާ ސޫޒަންއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ފުރަތަމަ އަންހެން އެގްޒެކެޓިވް ބޯޑު މެންބަރެވެ. އޭނާއަކީ ނެޝަނަލް ފެޑެރޭޝަން އޮފް މޯލްޑިވިއަން އެމްޕްލޯޔާސް (އެންއެފްއެމްއީ)ގެ ވެސް އެގްޒެކެޓިވް ބޯޑު މެންބަރެކެވެ.