މިފްކޯއިން މި ފެއާގައި ބައިވެރިވަނީ މޯލްޑިވެސް ފިސަރީސް އެންޑް އޮޝަން ރިސޯސް އެންޑް މާކެޓިން އެންޑް ޕްރޮމޯޝަން ކޮމްޕެނީ އާއި ގުޅިގެން ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ މިނިސްޓްރީން ބުނާގޮތުގައި އެ މިހާރު ކުރިޔަށް ދާ މި ފެއާގައި 120 ގައުމަކުން ބައިވެރިވާނެ ކަމަށް އެ ކަން ހިންގުމާއި ހަވާލުވެފައި މީހުން ވަނީ ބުނެފައި އެވެ.
މިފެއާ ކުރިޔަށް ގެންދަން ހަމަ ޖެހިފައިވަނީ ސެޕްޓެމްބަރު 8 އިން ފެށިގެން 11 ސެޕްޓެމްބަރާއި ހަމަ އަށް ކަމަށް އެ ފެއާ ހިންގުމާއި ހަވާލުވެފައި ފަރާތް ތަކުން ބުނެ އެވެ.
މި ފެއާ އަކީ ކޮންމެ އަހަރަކު ކުރިޔަށް ގެންދާ އިންވެސްމެންޓް ފެއާ އެކެވެ.
މިި އިވެންޓަށް ކުރިން އަހަރުތަކުގައި އެކި ގައުމުތަކުގެ އިސްވެރިން ވަނީ ބައިވެރި ވެފައި ކަމަށް އެ ފަރާތް ތަކުން ބުނެ އެވެ.