ads
ރައީސް ޑރ.މުހައްމަދު މުއިއްޒު
އިޒްރޭލުން ގަތަރަށް ދިން ހަމަލާ ކުށްވެރި ކުރަން: ރައީސް
ހައްދުފަހަނައެޅި އިޒްރާއީލް ދައުލަތުން ގަތަރަށް ދިން ހަމަލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުށްވެރިކުރައްވައިފި އެވެ.
Advertisement

ދޯހާއަށް އިޒްރޭލުން ދިން ހަމަލާއަކީ ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރައްވައި ރައީސް "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ބައިނަލްއަގުވާމީ ގާނޫނާއި ގަވައިދުތަކާ ހިލާފަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މި ހަމަލާއަކީ މިނިވަން ގައުމެއްގެ ސިޔާދަތަށް އަރައިގަތުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރަށް ރައީސް ވިދާޅުވީ، ރާއްޖެއިން ތިބީ ގަތަރާއެކު ކަމަށެވެ. އެއާއެކު ރައީސް ވަނީ، އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގައުމުތަކުން އިޒްރޭލަށް ފިޔަވަޅު އެޅުމަށް ގޮވާލައްވައިފަ އެވެ.

އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މީގެކުރިން ވެސް ސަރުކާރުން ވަނީ އިޒްރޭލްގެ އަމަލުތައް ކުށްވެރިކޮށް، އެ ގައުމާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައިފަ އެވެ. އަދި އދ. ގައި ރާއްޖެއިން ގެންދަނީ ފަލަސްތީނުގެ މިނިވަންކަމަށް ވަކާލާތުކޮށް، އަދި އިޒްރޭލަށް ފިޔަވަޅު އަޅަން ގޮވާލަމުންނެވެ.

މީގެ އިތުރުން އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޯޓަށް ބައެއް ގައުމުތަކުން ހުށަހަޅާފައިވާ މައްސަލާގައި ވެސް ރާއްޖެއިން ވަނީ ބައިވެރިވެފަ އެވެ.

ގަތަރުން ބުނީ ހަމާސްގެ ސިޔާސީ ގޮފީގެ އެތައް ވެރިންނެއް އެ ގައުމުގައި އުޅުއްވާއިރު، އޭގެ ތެރެއިން އެތައް ބޭފުޅުންނެއްގެ ގެޔަށް އިޒްރޭލުގެ ހަމަލާތައް އަމާޒުކޮށްފައިވާ ކަމަށެވެ. ހަމާސް އިން ބުނީ ހަމަލާތައް އަމާޒުކޮށްފައިވަނީ ސުލްހައިގެ މަޝްވަރާތަކުގައި އުޅުއްވާ ބޭފުޅުންނަށް ކަމަށެވެ. އެކަމަކު ހަމަލާތަކުގައި އެއިން ބޭފުޅަކަށް ކަމެއް ވީކަމެއް އަދި ނޭނގެ އެވެ 

ރާއްޖޭގެ އިތުރުން ސައޫދީ އަރަބިއްޔާ އާއި ޔޫއޭއީން ވަނީ އިޒްރޭލުން ގަތަރަށް ދިން ހަމަލާތަކަކީ ފިނޑި އަމަލެއް ކަމަށް ސިފަކޮށް އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް