ads
ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް (ކ) އާއި ޖައިކާގެ ރާއްޖެ އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެއްބަސްވުން ބަދަލުކުރައްވަނީ.
ކާރިސާތަކަށް ތައްޔާރުވުމަށް ޖަޕާނުން ރާއްޖެއަށް ދިހަ މިލިއަން ޑޮލަރުގެ އެހީއެއް ދީފި
މާލެއަށް ކުރިމަތިވާ ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށް ޖަޕާނުން ރާއްޖެއަށް ގާތްގަނޑަކަށް 10.5 މިލިއަން ޑޮލަރު (161 މިލިއަން ރުފިޔާ) ހިލޭ އެހީގެ ގޮތުގައި ދިނުމުގެ އެއްބަސްވުމެއްގައި ދިވެހި ސަރުކާރާއި ޖަޕާން އިންޓަނޭޝަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން މިއަދު ސޮއިކޮށްފި އެވެ.
Advertisement

ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާ ޖައިކާއިން ދިވެހި ސަރުކާރަށް ދޭން އެއްބަސްވެފައިވަނީ 1.56 ބިލިއަން ޖަޕަނީސް ޔެން ނުވަތަ 10.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ އެވެ. އެހީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިނިސްޓްރީ އޮފް ފިނޭންސް އެންޑު ޕްލޭނިންގަ އެވެ.

ޖައިކާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.

އެ ރަސްމިއްޔާތުގައި ޓަކި މޮޓޮއޯ ދެއްކެވި ވާހަކައިގައި، މި މަޝްރޫއަކީ ޖަޕާނުން ރާއްޖެއަށް ދެމުން އަންނަ ދިގު މުއްދަތުގެ އެހީތެރިކަމުގެ ބައެއްކަން ފާހަގަކުރެއްވި އެވެ. އަދި 1988 އިން 2006 އަށް ކުރިއަށްގެންދިޔަ ކަނޑުތޮށިލުމުގެ މަޝްރޫއުތަކުގެ ސަބަބުން، 2004 ވަނަ އަހަރުގެ ޑިސެންބަރު މަހު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި މާލެއަށް ލިބުނު ގެއްލުންތައް ކުޑަކުރެވުނުކަން ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން، މި އާ މަޝްރޫއުގެ ދަށުން ތޮށިގަނޑު ވަރުގަދަކޮށް، ވާރޭފެން ހިންދުމަށް ހާއްސަ ނިޒާމުތައް ތައާރަފުކޮށް، ގޮނޑުދޮށް ހިމާޔަތްކުރުން ހަރުދަނާކުރެވޭނެކަން ރެސިޑެންޓް ރެޕްރެޒެންޓެޓިވް ފާހަގަކުރެއްވި އެވެ.

ޖައިކާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އެހީގެ ދަށުން ގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެ ކަނޑައަޅުއްވާފައިވާ ސަފީރު އިޝިގާމީ ރުމިކޯ އާއި ފިނޭންސް އަދި އިންފްރަސްޓްރަކްޗާ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް