ads
މާލޭ ޖަލު
ޖަލު އޮފިސަރުގެ ބޯ ފަޅާލި ގައިދީނަށް ޖޫރިމަނާއެއް
މާލޭ ޖަލުގައި ބަންދުކޮށްފައި ތިބި ގައިދީތަކެއް އެ ޖަލުގެ އޮފިސަރަކަށް ހަމަލާދީ ބޯފަޅާލި މައްސަލާގައި އެ ތިން ގައިދީން ޖޫރިމަނާކޮށްފިއެވެ.
Advertisement

2020 ވަނަ އަހަރުގެ ތެރޭގައި މާލޭ ޖަލުގައި ހިނގި މި ހާދިސާގައި ޖަލު އޮފިސަރަށް ހަމަލާދިނީ އޭނާގެ ބޯ ފަޅާލީ ތިން ގައިދީއަކު ވެގެންނެވެ. މި ތިން ގައިދީން ޖަލު އޮފިސަރަށް ހަމަލާދީފައިވަނީ އެ މީހުންގެ އާއިލީ މެމްބަރަކަށް ފޯނުކުރުމަށް، ގޮޅިން ނެރެގެން ގެންގޮސް ފޯނުކޮށް ނިންމައި އެނބުރި ގޮޅިއަށް ގެންދިޔަ މަގުމަތީގައިއެވެ. 

މި ތިން  ގައިދީންގެ މައްޗަށް ވަނީ  ދެ ދައުވާއެއް އުފުލާފައެވެ. އެއީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާއެވެ.  

މި މައްސަލާގައި ދައުވާކުރި މީހުން

  • ހަސަން އަލީމް ޒުހުރީ، ސ.ހިތަދޫ / ފާނަވިލާގެ،
  • އަހްމަދު ލުޖައިން، ސ.މީދޫ / ހުވަނދުމާވިލާ
  • އަހްމަދު ޒިހާން އިސްމާއީލް، ސ.މީދޫ / ހުވަނދުމާވިލާ

ދައުލަތުން އުފުލި ދައުވާތަކަށް މި ތިން މީހުންވެސް ވަނީ އިންކާރުކޮށްފައެވެ. 

މި ހާދިސާ ހިނގިތާ 5 އަހަރު ފަހުން ކްރިމިނަލްކޯޓުން މި މައްސަލަ ނިންމާ ހުކުމް އިއްވީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ހުކުމުގައިވަނީ މި މައްސަލާގައި ހިމެނޭ ހަސަން އަލީމް ޒުހުރީގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންނަމަވެސް ހުކުމްވަނީ 14،400 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފައެވެ. އަދި އޭނާގެ މައްޗަށް އުފުލި ގައިގައި އަތްލުމުގެ ކުށުގެ ދައުވާގައި ވަނީ 3،600 ރުފިޔާގެ ޖޫރިމަނާ ހުކުމެއް ކޮށްފައެވެ.

މި މައްސަލާގައި ހިމެނޭ އަނެއް ދެމީހުންކަމަށްވާ އަހްމަދު ލުޖައިން އާއި އަހްމަދު ޒިހާން އިސްމާއީލް މައްޗަށް ސާބިތުވީ ގައިގައި އަތްލުމުގެ ކުށް ދައުވާއެވެ. އެ ދެމީހުންގެ މައްޗަށް އިއްވި ހުކުމުގައި ވަނީ ކޮންމެ މީހަކު 7،200 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް